logo
MPL

MPL

ޚަބަރު

ކޮންމެ ރައްޔިތަކަށް ވަގުތުން އިންޒާރު ލިބޭނެ ނިޒާމެއް ޤާއިމުކުރުމަށް ޤައުމީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޮކްޓޯބަރު 2026 - 05:58
ކޮންމެ ރައްޔިތަކަށް ވަގުތުން އިންޒާރު ލިބޭނެ ނިޒާމެއް: ޤައުމީ ފެންވަރުގައި ބޮޑު މަޝްވަރާއެއް!

ކޮންމެ ރައްޔިތަކަށް ވަގުތުން އިންޒާރު ލިބޭނެ ނިޒާމެއް ޤާއިމުކުރުމަށް ޤައުމީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވައިފި

 

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ ބޮޑު ޖަޒީރާ ޤައުމަކަށް ވުމާއެކު، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ އަދި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ ކުރިއާލާ އިންޒާރުދޭ ނިޒާމެއް (people-centred Early Warning System) ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ޤައުމީ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

 

ކާރިސާތަކުން ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމަކީ "ނޭޝަނަލް އާރލީ ވޯނިންގ ރޯޑްމެޕް ކޯޑިނޭޝަން މީޓިންގ" އެވެ. މި ބައްދަލުވުމުގައި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުން ވަނީ އެއް މޭޒަކަށް އެއްވެ، ކުރިއާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމުގައި އިސްކަންދޭންވީ މުހިންމު ކަންކަން އެއް މިސްރާބަކަށް ގެނައުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި މި މަސައްކަތްތައް ޢަމަލީ ގޮތުން ތަންފީޛުކުރުމަށްޓަކައި ހަރުދަނާ މަގުޗާޓެއް (roadmap) އެކުލަވައިލުމަށް ވެސް މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި އެކުލަވައިލުމަށް ނިންމި މަގުޗާޓުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ތިން ކަމެއްގެ މައްޗަށެވެ. އެގޮތުން ހިމެނޭ މައިގަނޑު ކަންކަމަކީ:

މޫސުމީ ވިލުންތެރިކަން (Climate Resilience) އިތުރުކުރުން: މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ކާރިސާތަކަށް ވިލުންވެރި، އަދި ކެތްތެރި މުޖުތަމަޢެއް ބިނާކުރުން.

ހިރާސްތަކަށް ބިނާކޮށް ފިޔަވަޅުއެޅުން (Risk-informed Action): ލިބެންހުރި ސައިންޓިފިކް މަޢުލޫމާތާއި ޑޭޓާގެ އަލީގައި، ކުރިމަތިވެދާނެ ނުރައްކާތައް ދުރާލާ ދެނެގަނެ، އެކަންކަމަށް ރިޢާޔަތްކޮށް ރޭވުންތެރިކަމާއެކު ދުރާލާ ފިޔަވަޅުތައް އެޅުން.

އެންމެ ފަހު މީހާއާ ހަމައަށް އިންޒާރު ފޯރުކޮށްދިނުން (Last-mile Early Warnings): ރާއްޖޭގެ އެންމެ ދުރު ރަށްރަށާއި، ވަކިން ދިރިއުޅޭ ރައްޔިތުންނާ ހަމައަށް ވެސް، އެއްވެސް ލަސްވުމެއްނެތި، ފަސޭހައިން ދޭހަވާނެ ގޮތެއްގައި ކާރިސާގެ އިންޒާރުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުން ކަށަވަރުކުރުން.

މި ބައްދަލުވުމަކީ ރާއްޖޭގެ ކާރިސާތަކުން ރައްކާތެރިވުމުގެ ޤައުމީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ރައްކާތެރި އަދި އަމާން މާޙައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ރައްޔިތަކަށް ވަގުތުން އިންޒާރު ލިބޭނެ ނިޒާމެއް: ޤައުމީ ފެންވަރުގައި ބޮޑު މަޝްވަރާއެއް!ޚަބަރު | ގަޑިއިރެއް ކުރިންބޯޑަރު ހުރަސްކޮށް އަންނަ ޕްލާސްޓިކްގެ ނުރައްކާ: ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަޑުއުފުލައިފިޚަބަރު | 5 ދުވަސް ކުރިންތިމާވެށި ރައްކާތެރިކުރުމުގެ ޤައުމީ ސިޔާސަތުތައް ހަރުދަނާކުރަން ޔޫއެންޑީޕީއާއެކު ސޮއިކޮށްފިޚަބަރު | 10 ދުވަސް ކުރިންޔުޓިލިޓީ ހިދުމަތް ހަރުދަނާކުރަން މަޝްވަރާކޮށްފިޚަބަރު | 11 ދުވަސް ކުރިން