logo
MPL

MPL

ޚަބަރު

ޔުޓިލިޓީ ހިދުމަތް ހަރުދަނާކުރަން މަޝްވަރާކޮށްފި

އަޙުމަދު ރަމީޒު
29 ސެޕްޓެމްބަރު 2026 - 10:01
ްއެންވަޔަރަންމަންޓް މިނިސްޓަރާއި ފެނަކަ، ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ ވެރިނ
ްއެންވަޔަރަންމަންޓް މިނިސްޓަރާއި ފެނަކަ، ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ ވެރިނ

ރައްޔިތުންނަށް ފޯރުކޮށްދޭ ޔުޓިލިޓީ ހިދުމަތްތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން އެފަދަ ހިދުމަތްތައް ދޭ ކުންފުނިތަކުގެ ވެރިންނާ އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފް ބައްދަލުކޮށްފި އެވެ.

މި ބައްދަލުވުމުގައި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުންގެ އިތުރުން މިނިސްޓްރީ އާއި ކަމާގުޅުންހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވި އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ޔުޓިލިޓީ ދާއިރާއިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަންކަން ތަންފީޒުކުރުމަށް މަޝްވަރާކުރުމެވެ.

އެ ގޮތުން ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ހިޔާލު ބަދަލުކޮށްފަ އެވެ.

މި ބައްދަލުވުމުގައި ވަޒީރު އަލީ ޝަރީފް ވަނީ، ރައްޔިތުންނަށް ލުއިފަސޭހަ އަދި އިތުބާރުހުރި ގޮތެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭކަން ފާހަގަކޮށް ކަމާގުޅޭ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށް މާލޭގެ ފެނުގެ ނިޒާމު ތަރައްގީ ކުރަނީޚަބަރު | ގަޑިއިރެއް ކުރިން 42 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ބަޔަކާ ހަވާލު ކޮށްފިޚަބަރު | ދުވަހެއް ކުރިންސަރުކާރާއި ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރާނެވިޔަފާރި | 4 ދުވަސް ކުރިންފެނާއި ނަރުދަމާ އިތުރަށް ތަރައްޤީކުރަން ސްޓެލްކޯއާ ބޮޑު 6 މަޝްރޫޢެއް ޙަވާލުކޮށްފިޚަބަރު | 8 ދުވަސް ކުރިން