logo
MPL

MPL

ޚަބަރު

ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށް މާލޭގެ ފެނުގެ ނިޒާމު ތަރައްގީ ކުރަނީ

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
19 ނޮވެމްބަރު 2026 - 07:49
ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށް މާލޭގެ ފެނުގެ ނިޒާމު ތަރައްގީ ކުރަނީ

ވެރިރަށް މާލޭގެ އާބާދީ ބޮޑުވެ، ފެން ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، މާލޭގެ ފެނުގެ ނިޒާމު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ މާލޭގައި މިހާރު ހަދަމުންދާ ފެން ރައްކާކުރާ ނިޒާމުގެ ތެރެއިން އަލަށް ހަދާ ދެ ތާނގީ، ހުޅުމާލޭގައި ހާދާފައިވާ ފެން ރައްކާކުރާ ތާނގީއަށްވުރެ ބޮޑުވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މަލޭގެ ފެނުގެ ނިޒާމު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ. މިއާ އެކު ވެރިރަށް މާލޭގެ ފެން ރައްކާކުރާ މިންވަރު އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށް މާލޭގެ ފެނުގެ ނިޒާމު ތަރައްގީ ކުރަނީޚަބަރު | ގަޑިއިރެއް ކުރިންއެމްޑަބްލިއުއެސްސީން އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތާ ރަސްމީކޮށް ހަވާލުވެއްޖެ ޚަބަރު | 2 މަސް ކުރިންރަސްމާލެ މަޝްރޫޢުގެ އާމްދަނީ މުޅި ޓޫރިޒަމް ދާއިރާއަށްވުރެ އިތުރުވާނެ: ފަހުމީޚަބަރު | 2 މަސް ކުރިންޔުޓިލިޓީ ހިދުމަތް ހަރުދަނާކުރަން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިން