logo
MPL

MPL

ޚަބަރު

އެމްޑަބްލިއުއެސްސީން އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތާ ރަސްމީކޮށް ހަވާލުވެއްޖެ

އަޙުމަދު ރިޝާން
3 އޮކްޓޯބަރު 2026 - 13:48
އެމްޑަބްލިއުއެސްސީން އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތާ ރަސްމީކޮށް ހަވާލުވެއްޖެ

 

މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އައްޑޫ އަތޮޅާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް މިމަހުގެ 1 ވަނަ ދުވަހު ރަސްމީކޮށް ހަވާލުވެ، އެ ޚިދުމަތްތައް ފަށައިފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެނެވުނު މި ބަދަލާއެކު، ހުޅުދޫ އަދި މީދޫ ހިމެނޭހެން އައްޑޫ އަތޮޅާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

 

View post on Twitter

 

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ނިޒާމުތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ހިދުމަތެއް ކަށަވަރުކޮށްދިނުމަށްޓަކައި، ފަންނީ އެސެސްމަންޓްތަކަށް ބިނާކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަން އުވާލައި ކަރަންޓުގެ ހިދުމަތް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާ ނިންމެވުމުގެ ތެރެއިން، އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތާ ވެސް ސްޓެލްކޯއިން ވަނީ ދާދި ފަހުން ހަވާލުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށް މާލޭގެ ފެނުގެ ނިޒާމު ތަރައްގީ ކުރަނީޚަބަރު | ގަޑިއިރެއް ކުރިންއެމްޑަބްލިއުއެސްސީން އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތާ ރަސްމީކޮށް ހަވާލުވެއްޖެ ޚަބަރު | 2 މަސް ކުރިންޔުޓިލިޓީ ހިދުމަތް ހަރުދަނާކުރަން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންއައްޑޫސިޓީ އާއި ފުވައްމުލަކުގެ ފެނާ ނަރުދަމާ ގެ މަސައްކަތް އެމްޑަބްލިއުއެސްސީގެ ދަށަށްޚަބަރު | 2 މަސް ކުރިން