logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫސިޓީ އާއި ފުވައްމުލަކުގެ ފެނާ ނަރުދަމާ ގެ މަސައްކަތް އެމްޑަބްލިއުއެސްސީގެ ދަށަށް

އައިޝަތު ނަޝާ
27 ސެޕްޓެމްބަރު 2026 - 11:13
އައްޑޫސިޓީ އާއި ފުވައްމުލަކުގެ ފެނާ ނަރުދަމާ ގެ މަސައްކަތް އެމްޑަބްލިއުއެސްސީގެ ދަށަށް

އައްޑޫ ސިިޓީ, އައްޑޫ ހުޅުދޫ މީދޫ އަދި ފުވައްމުލަކު ސިޓީގެ ފެނާ ނަރުދަމާ ޤާއިމްކުރުމަށް, މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ފެނަކަ ކޯޕަޜެޝަން އާ ދެމެދު ފްރޭމްވޯކް އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގެ އޮޑިޓޯރިއަމް ގައި ކުރިއަށްދިޔަ މި ހަފްލާގައި އެމްޑަބްލިއުއެސްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެވެ. އަދި ފެނަކައިގެ ފަރާތުން ސުޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު އަފީފް ހުސެއިންއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމަކީ ފެނަކައިގެ ދަށުން ހިނގަމުންދާ އައްޑޫއަތޮޅުގެ ރަށްތަކާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާ ގެ މަޝަރޫއު އެމްޑަބްލިއުއެސްސީ އާ ހަވާލުކުރުމަށް ވީ އެއްބަސްވުމެކެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ފަހުމީ ވިދާޅުވީ އަމާޒަކީ އަންނަ މަހުގެ 13 ގެ ކުރިން މި މަސައްކަތް އެއްކޮށް ނިންމާލާ ، ފެނަކާގެ ދަށުން ހިނގަމުންދާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ އެމްޑަބްލިއު އެސްސީއިން ހަވާލުވެ ހިދުމަތް ދޭން ފެށުންކަމަށެވެ.

" އެނގިވަޑައިގަންނަވާނެ ރައީސުލްޖުމްހޫރިއްޔާ ވަނީ ފެނަކައިގެ ރަށްތަށް އަޅުގަނޑުމެންނާ ހަވާލުކުރަން ނިންމަވާފަ އެހެންވީމަ އެ ޕްރޮސަސް މިހާރު މި ކުރިއަށްދަނީ" ފަހުމީ

 

މި ހަފްލާގައި ވާހަކަ ދައްކަވަމުން ފެނަކަ އެމްޑީ މުހައްމަދު އަފީފް ވިދާޅުވީ، އުންމީދަކީ އެމްޑަބްލިއުއެސްސީ މެދުވެރިކޮށް މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ރައްޔިތުންނަށް ހިދުމަތްތަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަށް ތަންފީޒުކުރުމުގައި އެ ކޯޕަރޭޝަނުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ އާއި ފުވައްމުލަކުގެ ފެނާ ނަރުދަމާ ގެ މަސައްކަތް އެމްޑަބްލިއުއެސްސީގެ ދަށަށްޚަބަރު | 3 ގަޑިއިރު ކުރިންވިހިހާސް ލީޓަރުގެ ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ: ފަހުމީޚަބަރު | 18 ދުވަސް ކުރިންއެމްޑަބްލިޔުއެސްސީގެ އޮޑިޓޯރިއަމް ހުޅުވައިފިވިޔަފާރި | މަހެއް ކުރިންފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ މުރާޖައާކުރުމަށް ސިމްޕޯޒިއަމެއް ބާއްވައިފިޚަބަރު | މަހެއް ކުރިން