ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުން އަފީފު ވަކިކޮށްފި
14 އޮކްޓޯބަރު 2026 - 14:00

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފު ޙުސައިން އެ މަޤާމުން ވަކިކޮށްފިއެވެ.
އޭނާ މަޤާމުން ވަކިކުރައްވާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ. ޕީސީބީން ހާމަކުރި ގޮތުގައި ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންނާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މއ. ވޭސްސައިޑް، ފްލެޓް 304، މުޙައްމަދު އަފީފު ޙުސައިން މިހާރު ވަނީ ވަކިކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަފީފު ފެނަކައިގެ އެމްޑީ ކަމުގެ މަޤާމަށް އައްޔަންކުރެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.
ފެނަކައިގެ އެމްޑީ ކަމުން އަފީފު ވަކިކުރައްވާފައި މިވަނީ، އެ ކުންފުނީގެ ދަށުން ކުރަމުން އައި މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމަށްފަހު ފެނަކަ އުވާލުމަށް ސަރުކާރުން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.
އެ ނިންމުމުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކުގައި ފެނަކައިން ދެމުން އައި އަސާސީ ޚިދުމަތްތައް މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ މަސައްކަތްތަކާ ހަވާލުވުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

-01.jpg&w=3840&q=75)
