logo
MPL

MPL

ޚަބަރު

ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ މުރާޖައާކުރުމަށް ސިމްޕޯޒިއަމެއް ބާއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޯގަސްޓު 2026 - 17:54
ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ މުރާޖައާކުރުމަށް ބޭއްވި ސިމްޕޯޒިއަމްގެ ތެރެއިން އެމްޑީ ވާހަކަ ދައްކަަވަނީ، ފޮޓޯ: ފެނަކަ
ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ މުރާޖައާކުރުމަށް ބޭއްވި ސިމްޕޯޒިއަމްގެ ތެރެއިން އެމްޑީ ވާހަކަ ދައްކަަވަނީ، ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހުށަހަޅާފައިވާ ޕްރޮކިއުމަންޓް ޕޮލިސީ މުރާޖައާކުރުމުގައި މުވައްޒަފުންގެ ތަޖުރިބާއާއި ޚިޔާލު ހޯދުމުގެ ގޮތުން 'ޕްރޮކިއުމަންޓް ޕޮލިސީ ރިވިއު ސިމްޕޯޒިއަމް 2026' ބާއްވައިފިއެވެ.

މި ސިމްޕޯޒިއަމްގައި ކުންފުނީގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސިމްޕޯޒިއަމަކީ ޒިންމާދާރުކަމާއި ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އުސޫލުތަކާއި އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ޕްރޮކިއުމަންޓް އޮނިގަނޑެއް އެކުލަވައިލުމަށް ކުރިއަށްގެންދާ ފުޅާ ދާއިރާއެއްގެ މުރާޖައާގެ މުހިންމު ބައެކެވެ.

undefined

ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ މުރާޖައާކުރުމަށް ބޭއްވި ސިމްޕޯޒިއަމްގެ ތެރެއިން، ފޮޓޯ: ފެނަކަ

 

މީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ އޮޕަރޭޝަނަލް ހަޤީޤަތްތަކަށް ބިނާކޮށް މި އުސޫލު އެކުލަވައިލުމެވެ.

މި ސިޔާސަތު މުރާޖައާކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ލީގަލް އެފެއާޒް ޑިވިޜަންގެ އިސްވެރިޔާ، ޗީފް ލީގަލް އޮފިސަރ ކުލްޘޫމް އަލީ ވިދާޅުވީ، މުޅި ކުންފުންޏަށް ފައިދާހުރި ސިޔާސަތެއް އެކުލަވައިލުމަށްޓަކައި ޢަމަލީ ގޮތުން ދިމާވާ ދަތިތައް ދެނެގަތުން ވަރަށް މުހިންމު ކަމަށެވެ.

"މިއީ މިހާރު އޮތް ޕްރޮކިއުމަންޓް ނިޒާމުގައި ހުރި ގޮންޖެހުންތަކާއި، ޚާއްޞަކޮށް ޒިންމާދާރުކުރުވުމާ ގުޅޭ ކަންކަމަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައި، ކޮންމެ ދުވަހަކު މި މަސައްކަތްކުރާ މުވައްޒަފުންގެ ތަޖުރިބާ ދެނެގަތުމަށް ލިބުނު މުހިންމު ފުރުޞަތެއް. ހަރުދަނާ ސިޔާސަތެއްގައި ހަމައެކަނި ރަނގަޅު ކޮންޓްރޯލްތަކެއް ހުރުމަކުން ނުފުދޭ، އެއީ ޢަމަލީ ގޮތުން ވެސް މަސައްކަތްކުރެވޭ އެއްޗަކަށް ވާންޖެހޭނެ،" ކުލްޘޫމް ވިދާޅުވިއެވެ.

undefined

ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ މުރާޖައާކުރުމަށް ބޭއްވި ސިމްޕޯޒިއަމްގެ ތެރެއިން ލީގަލް އެފެއާޒް ޑިވިޜަންގެ އިސްވެރިޔާ، ޗީފް ލީގަލް އޮފިސަރ ކުލްޘޫމް އަލީ، ފޮޓޯ: ފެނަކަ

 

މީގެއިތުރުން ކުލްޘޫމް ފާހަގަކުރެއްވި ގޮތުގައި، މާޒީގައި ޕްރޮކިއުމަންޓްގެ ދާއިރާގައި ދިމާވި މައްސަލަތަކުން ޢިބުރަތް ޙާޞިލުކޮށް، ކުރިމަގަށް ހަރުދަނާ ނިޒާމެއް ބިނާކުރުމަކީ މި މަސައްކަތުގެ މައިގަނޑު އަމާޒެވެ. އަދި މި އިޞްލާޙީ ބަދަލުތައް ގެނައުމުގައްޔާއި ގަވަރނަންސް ހަރުދަނާކުރުމުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފް ދެއްވާ އެއްބާރުލުމާއި ލީޑަރޝިޕް އޭނާ ފާހަގަކުރެއްވިއެވެ.

މި ސިމްޕޯޒިއަމް މެދުވެރިކޮށް އެއްކުރެވުނު ޚިޔާލުތަކާއި މަޢުލޫމާތުތަކަށް ބަލައި، ހުށަހެޅިފައިވާ ޕޮލިސީ އިތުރަށް މުރާޖައާކޮށް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ފެނަކައިގެ އަމާޒަކީ ކުންފުނީގެ ވަސީލަތްތައް ރައްކާތެރިކުރެވިފައިވާ، އަދި ރައްޔިތުންނަށް ދެމުންދާ ޒަރޫރީ ޔުޓިލިޓީ ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދެވޭނެ ފަދަ ހަރުދަނާ އަދި ދެފުށް ފެންނަ ޕްރޮކިއުމަންޓް އޮނިގަނޑެއް ޤާއިމުކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ މުރާޖައާކުރުމަށް ސިމްޕޯޒިއަމެއް ބާއްވައިފިޚަބަރު | ގަޑިއިރެއް ކުރިންފެނަކާއިން ވަކިވާން އެދުނު މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފިޚަބަރު | މަހެއް ކުރިންއަމިއްްލަަ އަށް ރިޓަޔާވާން ދިން ފުރުސަތަށް ފެނައިގެ 97 މުވައްޒަފަކު އެދިއްޖެޚަބަރު | 2 މަސް ކުރިންއަހަރުގެ މިހާތަނަށް 21 ރަށަކަށް ޖެންސެޓް ފޮނުވައިފިޚަބަރު | 3 މަސް ކުރިން