logo
MPL

MPL

ޚަބަރު

ރަށްރަށުގެ ފެނާއި ނަރުދަމާ އިތުރަށް ތަރައްޤީކުރަން ސްޓެލްކޯއާ ބޮޑު 6 މަޝްރޫޢެއް ޙަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ނޮވެމްބަރު 2026 - 02:04
ފެނާއި ނަރުދަމާ އިތުރަށް ތަރައްޤީކުރަން ސްޓެލްކޯއާ ބޮޑު 6 މަޝްރޫޢެއް ޙަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަ މަޝްރޫޢެއްގެ މަސައްކަތް ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސްވެރިންނާއި ސްޓެލްކޯގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޢަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢާއިޝަތު މުޒްނާ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ނާޡިރެވެ. މި މަޝްރޫޢުތަކުގެ ދަށުން މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ހއ. އުލިގަން، ބ. މާޅޮސް، ރ. އިންނަމާދޫ އަދި ރ. ކިނޮޅޮހުގައެވެ.

ސްޓެލްކޯއާ ޙަވާލުކުރެވުނު މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދީ، އެ ރަށްރަށުގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ފުޅާ ދާއިރާއެއްގައި އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މި ޚިދުމަތްތައް މެދުނުކެނޑި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބެމުންދާނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް މި އެއްބަސްވުންތަކުގެ މުހިންމު ބޭނުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، ސްޓެލްކޯއާ މި މަސައްކަތްތައް ޙަވާލުކުރުމަކީ ރަށްރަށުގެ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނާއި ނަރުދަމާ އިތުރަށް ތަރައްޤީކުރަން ސްޓެލްކޯއާ ބޮޑު 6 މަޝްރޫޢެއް ޙަވާލުކޮށްފިޚަބަރު | 21 މިނިޓު ކުރިންރައީސްގެ ނިންމެވުމާ އެއްގޮތަށް، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކޮށް ނިންމާލައިފިޚަބަރު | 5 ދުވަސް ކުރިންތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ފަށައިފިޚަބަރު | 15 ދުވަސް ކުރިންސްޓެލްކޯއިން ތިނަދޫ ކަރަންޓުގެ ހިދުމަތާ ހަވާލުވެއްޖެ ވިޔަފާރި | 15 ދުވަސް ކުރިން