logo
MPL

MPL

ޚަބަރު

ތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ފަށައިފި

އައިޝަތު އިނާޝާ
27 އޮކްޓޯބަރު 2026 - 12:04
ތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ފަށައިފި

ގދ.ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

ސްޓެލްކޯއިން ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު އެ ސިޓީގައި ވަނީ، ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. 

މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދެއްކެވި ވާހަކަފުޅުގައި، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ ތިނަދޫ ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި މިއީ ތިނަދޫ ސިޓީގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޑރ. އަޒުވަރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންސްޓެލްކޯއިން ތިނަދޫ ކަރަންޓުގެ ހިދުމަތާ ހަވާލުވެއްޖެ ވިޔަފާރި | 9 ގަޑިއިރު ކުރިންސްޓެލްކޯއިން ހޯރަފުށީގައި 1 މެގަވޮޓްގެ ޖަނަރޭޓަރެއް ރަސްމީކޮށް އިފްތިތާހުކޮށްފިޚަބަރު | 3 ދުވަސް ކުރިންސްޓެލްކޯއިން ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވެއްޖެޚަބަރު | 8 ދުވަސް ކުރިން