ސްޓެލްކޯއިން ތިނަދޫ ކަރަންޓުގެ ހިދުމަތާ ހަވާލުވެއްޖެ
27 އޮކްޓޯބަރު 2026 - 04:32

ގދ. ތިނަދޫގައި ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ޚިދުމަތް ދޭން ފަށައިފި އެވެ.
ތިނަދޫގައި ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދިނުން ރަސްމީކޮށް ފެށުމަށްޓަކައި މިއަދު އެ ސިޓީގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
މިރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވާރާއި އެ ކުންފުނީގެ ބައެއް އިސްވެރިންވެސް ބައިވެރިވި އެވެ.
އަޒުވަރު ވަނީ ތިނަދޫ ސްޓެލްކޯ ބްރާންޗްގައި މަސައްކަތް ކުރާ މުވައްޒަފުންނާވެސް ރޭގެ ވަގުތެއްގައި ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. އަލީ އަޒުވަރު ވަނީ އިންޖީނުގެތަކާއި، ޔުޓިލިޓީ ހިދުމަތްތައް ދިނުމަށް ގާއިމުކޮށްފައިވާ އެންމެހާ ވަސީލަތްތައް ބެލެހެއްޓުމުގައި ހުރިހާ ފަރާތްތަކުގެ ދައުރު ޒިންމާދާރު ކަމާއެކު އަދާކުރުމަށް އެދިވަޑައިގެންފައެވެ.
ސްޓެލްކޯއިން މިހާރު ހިދުމަތްދޭ ރަށްތަކުގެ ތެރޭގައި ތިނަދޫގެ ކަރަންޓުގެ ހިދުމަތްތައް ހިމެނިގެން ދިޔުމަކީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ބަައެއް ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މި ޒިޔާރަތުގައި، ތިނަދޫ ސިޓީގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ އިންޖީނުގެއާއި، އެހެނިހެން ވަސީލަތްތައް ބައްލަވައިލައްވާ، ކުރިއަށް އޮތް ތަނުގައި ހިދުމަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތު ދީފައިވެ އެވެ.

-01.jpg&w=3840&q=75)
