logo
MPL

MPL

ޚަބަރު

ސްޓެލްކޯއިން ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވެއްޖެ

އައިޝަތު އިނާޝާ
19 އޮކްޓޯބަރު 2026 - 11:49
ސްޓެލްކޯއިން ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވެއްޖެ

ފުވައްމުލަކު ސިޓީގައި ފެނަކައިން ދެމުން އައި ކަރަންޓުގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، އެ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި މިއަދު ވަނީ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމަކީ ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ މިންގަނޑުތަކަށް ފެތޭގޮތަށް ފެންވަރު މަތިކުރުމަށްޓަކައި، ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އަޒުވަރު އެދިވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯއިން ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވެއްޖެޚަބަރު | ގަޑިއިރެއް ކުރިންހއ. އަތޮޅުގެ ކަރަންޓާއި ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެޚަބަރު | 2 ދުވަސް ކުރިންމަގު ކޮންނަ މީހުންގެ އިހުމާލުން ސްޓެލްކޯގެ ކަރަންޓު ކޭބަލެއް ބުރިވެއްޖެ ނަމަ ހަރަދު ހޯދަން ނިންމައިފިޚަބަރު | 19 ދުވަސް ކުރިންޔުޓިލިޓީ ހިދުމަތް ހަރުދަނާކުރަން މަޝްވަރާކޮށްފިޚަބަރު | 20 ދުވަސް ކުރިން