logo
MPL

MPL

ޚަބަރު

މަސްވެރިންނަށް ދޫކުރި ލޯނުގެ އަދަދު 15 މިލިއަން ރުފިޔާއަށް އަރައިފި

އަޙުމަދު ރިޝާން
21 އޮކްޓޯބަރު 2026 - 09:03
މަސްވެރިންނަށް ދޫކުރި ލޯނުގެ އަދަދު 15 މިލިއަން ރުފިޔާއަށް އަރައިފި

މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 15 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުން އަލަށް އެކުލަވާލި މަސްވެރިންގެ ގައުމީ ދަފްތަރުގެ ސަބަބުން، މަސްވެރިންނަކީ ދައުލަތް ދަންނަ އަދި ފަސޭހައިން މާލީ ހިދުމަތްތައް ލިބޭނެ ބަޔަކަށް ވަނީ ހަދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން މިދިޔަ އަހަރުގެ މޭއި މަހުން ފެށިގެން ކުރިއަށް ގެންދާ މި މަޝްރުއޫގެ ދަ ދަށުން، މިހާތަނަށް 119 މަސްވެރިއަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ. މި ހިދުމަތް ފޯރުކޮށްދެމުންދަނީ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. އިސްލާމިކް ފައިނޭންސްގެ ތަފާތު ސްކީމްތައް ހިމެނޭ މި ޕޯޓަލްގެ ސަބަބުން، ބީއެމްއެލްގެ އެއްވެސް ބްރާންޗަކަށް ދާންނުޖެހި ކޮންމެ ތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް ލޯނަށް އެދި ހުށަހެޅޭނެ އެވެ.

މި ޕޯޓަލް މެދުވެރިކޮށް ގެދޮރު އިމާރާތްކޮށް މަރާމާތު ކުރުމަށާއި، މަސްވެރިކަމުގެ ސާމާނު ގަތުމާއި އާ ކުރުމަށް ފައިސާ ހޯދޭނެއެވެ. މީގެ އިތުރުން ދަރިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމާއި، އޮޑިފަހަރު ބަނުމާއި ގަތުމާއި މަރާމާތު ކުރުމުގެ އިތުރުން ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓް ކުރުމަށްވެސް މި ލޯނު ސްކީމްގެ ދަށުން ފުރުސަތު ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ފާހަގަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންނަށް ދޫކުރި ލޯނުގެ އަދަދު 15 މިލިއަން ރުފިޔާއަށް އަރައިފިޚަބަރު | ގަޑިއިރެއް ކުރިންމަސްވެރިންގެ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލައިފިޚަބަރު | 14 ދުވަސް ކުރިން ކައްޗަލަ އެކްސްޕޯޓްކުރެވޭނެ މިންވަރާއި ހަމަތައް ކަނޑައަޅައި 7 ފަރާތަކަށް ކޯޓާ ދޫކޮށްފި ޚަބަރު | މަހެއް ކުރިންބުޅަލަށް ހާއްސަ "ކެޓް އައިލެންޑް" އެއް ތަރައްގީކުރަނީޚަބަރު | 2 މަސް ކުރިން