ކައްޗަލަ އެކްސްޕޯޓްކުރެވޭނެ މިންވަރާއި ހަމަތައް ކަނޑައަޅައި 7 ފަރާތަކަށް ކޯޓާ ދޫކޮށްފި
21 ސެޕްޓެމްބަރު 2026 - 08:33

ދިވެހިރާއްޖޭގައި އެއް އަހަރުގެ މުއްދަތަކަށް ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ އެކްސްޕޯޓްކުރެވޭނެ މިންވަރާއި ހަމަތައް ކަނޑައަޅައި 7 ފަރާތަކަށް ކޯޓާ ދޫކޮށްފި އެވެ.
ކައްޗަލައަކީ އޭގެ އާބާދީ ދައްވަމުންދާތީ 2022 ވަނަ އަހަރުގެ ސައިޓީސް ބައްދަލުވުމުގައި އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބާވަތުގެ މަސްވެރިކަމުގެ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެން.ޑީ.އެފް) މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ތައްޔާރުކޮށް ހިއްސާކޮށްފައިވާއިރު، މިއަދުން ފެށިގެން 19 ސެޕްޓެންބަރު 2027 ގެ ނިޔަލަށް ހިއްކާފައިވާ 10.95 ޓަނުގެ ކޯޓާއެއް ވަނީ ކަނޑައަޅާފައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ އުސޫލާ އެއްގޮތަށް ޝަރުތުހަމަވާ 7 ފަރާތަކަށް ސައިޓީސް ޕަރމިޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކޯޓާ ލިބިފައިވާ 7 ކުންފުންޏަކީ އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް، އެސްއެމް އިންވެސްޓްމަންޓް، މަލަކް އިންވެސްޓްމަންޓް، ވިލިނގިލި ފިޝް ވިލެޖް، ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް، ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް، އަދި ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓުމަންޓެވެ.


