logo
MPL

MPL

ޚަބަރު

ސްޕޯޓްސް ފިޝިންގްގައި ރާއްޖެއަކީ މަގުބޫލް މަންޒިލެއް

އަޙުމަދު ރިޝާން
16 އޯގަސްޓު 2026 - 04:07
ސްޕޯޓްސް ފިޝިންގްގައި ރާއްޖެއަކީ މަގުބޫލް މަންޒިލެއް

 ސްޕޯޓްސް ފިޝިންގައި ރާއްޖެ އަކީ މަގުބޫލް މަންޒިލެއް ކަމަށް ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް އިސްމާއިލް އަޒްމީ އަދްނާން ވިދާޅުވެއްޖެ އެވެ.

އަދުނާނު މިހެން ވިދާޅުވީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން 15 އޮގަސްޓު 2026 ގައި މާލޭގައި ބޭއްވި މި ބައްދަލުވުމުން ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. އަދުނާނު ވިދާޅުވީ  މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމަކީ މުޅި ދުނިޔޭގައިވެސް މަގުބޫލުވަމުން އަންނަ މަލްޓިބިލިއަން ޑޮލަރ އިންޑަސްޓްރީއެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ވެސް ސްޕޯޓްސް ފިޝިންގ އަށް މަޝްހޫރު މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރެވެމުން އަންނަ ގައުމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ. ސްޓޭޓް މިނިސްޓަރު ވިދާޅުވީ ސްޕޯޓްސް ފިޝިންގް ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޕޯޓްސް ފިޝިންގްގައި ހަރަކާތްތެރިވާ 44 ފަރާތެއް ބައިވެރިވެފައިވެ އެވެ. މިއީ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މިގޮތަށް މާލޭގައި ބޭއްވި މިފަދަ ދެވަނަ ބައްދަލުވުމެވެ.

މަސްވެރިންގެ ގުންޒަރުގެ ނަމުގައި މިނިސްޓްރީގެ ފަރާތުން ބާއްވާ ބައްދަލުވުންތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމަށާއި ތަރައްގީކުރުމަށް މި ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ރަވާއި، ހިންގާ، ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި، މިކަމާ ގުޅޭގޮތުން މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ. މިބައްދަލުވުމުގެ ތެރެއިން އެއްކުރާ މައުލޫމާތު މަސްވެރިކަން މެނޭޖްމަންޓްކުރުމުގެ އިތުރުން، މި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށާއި، މަސްވެރިކަމުގެ ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައި ބޭނުންކުރުމަށް މިނިސްޓްރީން ވަނީ ނިންމާފާ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންނަށް ދޫކުރި ލޯނުގެ އަދަދު 15 މިލިއަން ރުފިޔާއަށް އަރައިފިޚަބަރު | 4 ދުވަސް ކުރިންމަސްވެރިންގެ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލައިފިޚަބަރު | 17 ދުވަސް ކުރިން ކައްޗަލަ އެކްސްޕޯޓްކުރެވޭނެ މިންވަރާއި ހަމަތައް ކަނޑައަޅައި 7 ފަރާތަކަށް ކޯޓާ ދޫކޮށްފި ޚަބަރު | މަހެއް ކުރިންބުޅަލަށް ހާއްސަ "ކެޓް އައިލެންޑް" އެއް ތަރައްގީކުރަނީޚަބަރު | 2 މަސް ކުރިން