މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލައިފި
7 އޮކްޓޯބަރު 2026 - 19:28

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ ޚާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރާއްޖޭގައި ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މި އެވޯޑުތަކުގެ ތެރެއަށް، މިއަހަރު އަލަށް ވަނީ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑުވެސް އިތުރުކޮށްފައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހު ދިނުމަށް ކަނޑައަޅާފައިވަނީ 4 އެވޯޑެކެވެ. އެއީ:
މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)
އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު
މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުންނާއި އެހެން ފަރާތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމު މަސްވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓް www.fishagriocean.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
ފުރިހަމަކޮށްފައިވާ ފޯމުތައް 29 އޮކްޓޫބަރުގެ 14:00 ގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

-01.jpg&w=3840&q=75)
