އޮކްޓޫބަރު މަހު މަސްވެރިންނަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
2 ނޮވެމްބަރު 2026 - 06:38

ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި މަސްވެރިންނަށް 30 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު އެ ކުންފުންޏަށް މަސް ކިރުވި ދޯނިތަކުގެ އަދަދަށް ވަނީ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު 453 ދޯންޏަކުން މަސް ކިރުވާފައިވާއިރު، އޮކްޓޫބަރު މަހު ޖުމްލަ 462 ދޯންޏަކުން ވަނީ މިފްކޯއަށް މަސް ކިރުވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވުމާއެކު މިފްކޯއަށް ކިރުވި މަހުގެ މިންވަރުވެސް ވަނީ މައްޗަށް ގޮސްފައެވެ. އޮކްޓޫބަރު މަހު ޖުމްލަ 1,356 މެޓްރިކް ޓަންގެ މަސް ކިރުވާފައިވާއިރު، މިއީ ސެޕްޓެމްބަރު މަހު ކިރި 1,288.42 ޓަނާ އަޅާބަލާއިރު 5.2 އިންސައްތައިގެ އިތުރުވުމެކެވެ.
މަސް ކިރުވި މިންވަރު މައްޗަށް ދިއުމާ ގުޅިގެން މަސްވެރިންގެ ޖީބަށް ވަން ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ސެޕްޓެމްބަރު މަހު މަސްވެރިންނަށް 27.32 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޮކްޓޫބަރު މަހު މިފްކޯއިން ވަނީ ޖުމްލަ 30.03 މިލިއަން (30,038,039) ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.
މިފްކޯއިން އަންނަނީ ދުވަހުން ދުވަހަށް އަދި މަހުން މަހަށް ކިރާ މަހުގެ ތަފާސްހިސާބުތައް މާލީ ތަފްސީލުތަކާއެކު އާންމުކުރަމުންނެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

-01.jpg&w=3840&q=75)
