logo
MPL

MPL

ޚަބަރު

"އާރުވެރި" މެޗިން ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

އަޙުމަދު ރަމީޒު
2 ނޮވެމްބަރު 2026 - 05:26
"އާރުވެރި" މެޗިން ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ "އާރުވެރި" މެޗިން ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިން ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލި ދާއިރާތައް
ފިޝިން ފްލީޓް ޑީކާބަނައިޒޭޝަން ގްރާންޓް

މި ފައިނޭންސިން ފަރުމާކޮށްފައިވަނީ މަސްދޯނިފަހަރުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރެވޭނެ ނިޒާމުތައް ގާއިމުކުރުމަށެވެ.

ސާކުއިލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް

މި ފައިނޭންސިން ފަރުމާކޮށްފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އުމުރާނީ ތަރައްގީއަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ލައިސަންސް ލިބިގެން ހިނގާ ދަނޑުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ނިޒާމްތަކާއި، އުމްރާނީ ތަރައްޤީކުރުމަށެވެ.

މެރިކަލްޗާ ޑިވެލޮޕްމަންޓް ގްރާންޓް

މި ފައިނޭންސިން ފަރުމާކޮށްފައިވަނީ މެރިކަލްޗާ ދާއިރާއިން އަލަށް ފަށައިގަންނަ އަދި މިހާރުވެސް އެ ވިޔަފާރި ކުރަމުންދާ އަމިއްލަ ފަރުދުންނާއި ކުންފުނިތައް ތަރައްޤީކުރުމަށެވެ.

ސާކުއިލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް

މި ފައިނޭންސިން ފަރުމާކޮށްފައިވަނީ މަހުގެ ބާވަތްތަށް ޕްރޮސެސްކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް ބާރުވެރިކޮށްދޭ ތަރައްޤީގެ މަޝްރޫއު ހިންގުމަށެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ގްރާންޓް

މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހުގެ އަގު އެއްކުރި އުފެއްދުންތައް އިތުރުކުރުމާއި، ސިންދަފާތުކުރުމަށް މަގުފަހިކޮށްދިނުމަށެވެ.

މި ފައިނޭންސިންގައި، އަހެނުންނާއި، ޒުވާނުންގެ ވިޔާފާރިތަކަށް ޙާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ގްރާންޓަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ގްރާންޓަށް ކުރިމަތިލުމުގެ ގާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ގްރާންޓަށް މިމަހުގެ 30 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށާއި އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެ ކަމަށެވެ.

ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅުކަން ފިޝަރީޒް މިނިސްޓްރީން ފާހަގަކުރެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ސްކީމްގެ ދަށުން ހާއްސަ 7 ދާއިރާއަކަށް އިސްކަންދެވިފައިވާއިރު، މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައި ކަމަށެވެ.

މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ހިމެނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އާރުވެރި" މެޗިން ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިންމެރިކަލްޗާގެ ދާއިރާއިން ފަންނުވެރިން އުފެއްދުމުގެ އައު ބުރު މަނިޔަފުށީގައި ފަށައިފިޚަބަރު | 18 ގަޑިއިރު ކުރިންމަސްވެރިންނަށް ބޮޑު ލުޔެއް، ރަހުނަކާ ނުލައި 4 މިލިއަނާ ހަމައަށް އާރްއެސްޑަބްލިޔު ފައިނޭންސް ދޫކުރަން ފަށައިފިޚަބަރު | 2 ދުވަސް ކުރިންމަސްވެރިންނަށް ދޫކުރި ލޯނުގެ އަދަދު 15 މިލިއަން ރުފިޔާއަށް އަރައިފިޚަބަރު | 12 ދުވަސް ކުރިން