logo
MPL

MPL

ޚަބަރު

ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރަން ގުޅުންތައް ވަރުގަދަކުރަންޖެހޭ: ޝިޔާމް

އައިޝަތު އީމާން ރަޝީދު
7 ނޮވެމްބަރު 2026 - 12:54
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު

ކަނޑުގެ މާހައުލުން ލިބޭ މަންފާތައް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށްޓަކައި، ރާއްޖެ ފަދަ ގައުމުތަކުން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުން މުހިއްމު ކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ހައިނާން ޕްރޮވިންސްގެ ސަންޔާގައި ކުރިއަށްދާ 7 ވަނަ ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަނަންސް ސިމްޕޯސިއަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމު ވިދާޅުވީ ކަނޑުގެ ދެމެހެއްޓެނިވި ބެލެހެއްޓުމާއި، ސައިންޓިފިކް ދިރާސާތައް ކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ޝިޔާމުގެ ވާހަކަފުޅުގައި ވަނީ ދިވެހި ޒުވާނުންނަށް ކަނޑުގެ ސައިންސާއި ދިރާސާކުރުމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ގައުމުތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، މަސްވެރިކަމުގެ ވިޔަފާރި ބައިނަލްއަގްވާމީ މާކެޓްތަކާ ގުޅުވައިލުމަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ ގައުމުތަކުގެ ލީޑަރުން ވެވަޑައިގަންނަވާ ވައުުދުތަކަކީ އަމަލީ ނަތީޖާއެއް ލިބޭ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. މަސްވެރިންނަށް ބޭނުންވާ ރަނގަޅު މައުލޫމާތާއި، މަހުގެ ފެންވަރު ހިފެހެއްޓޭނެ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރަން ގުޅުންތައް ވަރުގަދަކުރަންޖެހޭ: ޝިޔާމްޚަބަރު | 2 ގަޑިއިރު ކުރިންއޮކްޓޫބަރު މަހު މަސްވެރިންނަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 5 ދުވަސް ކުރިން"އާރުވެރި" މެޗިން ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިންމެރިކަލްޗާގެ ދާއިރާއިން ފަންނުވެރިން އުފެއްދުމުގެ އައު ބުރު މަނިޔަފުށީގައި ފަށައިފިޚަބަރު | 6 ދުވަސް ކުރިން