logo
Bank of Maldives

Bank of Maldives

ޚަބަރު

ބުޅަލަށް ހާއްސަ "ކެޓް އައިލެންޑް" އެއް ތަރައްގީކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ސެޕްޓެމްބަރު 2026 - 11:10
ބުޅަލަށް ހާއްސަ "ކެޓް އައިލެންޑް" އެއް ތަރައްގީކުރަނީ

ބުޅާ ގެންގުޅުމަށް ހާއްސަކޮށްގެން ރާއްޖޭގައި 'ކެޓް އައިލެންޑް' އެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މާލެ ސަރަހައްދުގައި އުޅޭ މަގުމަތީ ބުޅާތަކުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަކީ ބޮޑު ހަރަދެއް ހިނގާ ކަންކަން ކަމުގައި ވީނަމަވެސް، ރާއްޖޭގައި 'ކެޓް އައިލެންޑް' އެއް ތަރައްގީކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުހަލާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އިންޓަރނޭޝަނަލް ޕާރޓީއަކުން ޕްރޮޕޯސްކޮށްފައި އޮތް ޕްރޮޕޯސަލްއެއް. އަޅުގަނޑުމެން މި އުންމީދުކުރަނީ ބުޅާ ނުވަތަ ޕެޓް ކޮމިއުނިޓީއަށް ވަރަށް އުފާވެރި ހަބަރެއްގެ ގޮތުގައި އެ މަޝްރޫއު ވަރަށް ކާމިޔާބު މަޝްރޫއަކަށް ވާނެކަމަށް. ކޭޖުކޮށްފައި ޕެޓް ބެހެއްޓުމަށްވުރެ އަޅުގަނޑުމެން އެންމެންވެސް ލޯބިކުރަން ކެޓްއަށް. ދުނިޔޭގައި އެބައޮތް ވަރަށް ބޮޑު ކޮމިއުނިޓީއެއް، ރާއްޖެ ފަދަ ޤައުމެއްގައި މިފަދަ އައިލެންޑެއް ޒަމާނީ ފެސިލިޓީތަކާއެކު ހިންގިއްޖެނަމަ މިއީ އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމަކަށް ވާނެ" މި މަޝްރޫއާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުފަވެއެވެ.

މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކުރި "އޮޅުހިޔާ" ފެސިލިޓީ ރަސްމީކޮށް ހުޅުއްވައި ދެއްވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ފެސިލިޓީގެ ސަބަބުން މަގުމަތީގައި ބުޅާ ގިނަވެ، މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، އޯގާތެރިކަމާއި އަޅާލުމާއެކު ބުޅާތައް ބެލެހެއްޓޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އޮޅުހިޔާގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި، ކްލިނިކަކާއި، ލެބޯޓްރީއެއްގެ އިތުރުން ފާމަސީއަކާއި ބުޅާތައް މިނިވަންކަމާއެކު އުޅޭނެ ހާއްސަ ސަރަހައްދެއްވެސް ވަނީ ތަރައްގީކޮށްފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ އޮޅުހިޔާގެ ޖާގަ އިތުރުކުރެވިގެން ދިޔުމަކީ ބުޅަލުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށާއި، އެތަނަކީ ބުޅަލަށް ބޭނުންވާ ފަރުވާއާއި އެންމެހައި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ފެސިލިޓީއަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރުތެރޭ 7 އައިސްޕްލާންޓެއް އޮޕަރޭޝަނަށް ގެންނާނެޚަބަރު | 11 ދުވަސް ކުރިންރައީސްގެ އަމާޒަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް ބޯހިޔަވާހަކަން ލިބޭނެ މިންވަރަށް ތަންފީޒު ކުރުން: ޝިޔާމްޚަބަރު | 11 ދުވަސް ކުރިން މިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކުރިޚަބަރު | 13 ދުވަސް ކުރިންބުޅަލަށް ހާއްސަ "ކެޓް އައިލެންޑް" އެއް ތަރައްގީކުރަނީޚަބަރު | 13 ދުވަސް ކުރިން