logo
MPL

MPL

ޚަބަރު

މަސްވެރިކަމާއި ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް އިންވެސްޓަރުންނަށް ދެވެންހުރި ލުއިތައް ބަލަނީ

އަޙުމަދު ރިޝާން
7 އޮކްޓޯބަރު 2026 - 07:00
ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް

 

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުންލިބޭ އާމްދަނީ އިތުރު ކުރުމަށް އިންވެސްޓަރުންނަށް ދެވެންހުރި ލުއިތައް ބަލަމުން އަންނަ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމުން ލިބޭ އާމްދަނީ ތިން ގުނަ އަށް ވުރެ އިތުރު ކުރުމަށް ބޭނުންވާ ކަމަށެވެ. އަދި އެ ލަނޑުދަނޑިއަށް ވާސިލްވުމަށް ދުނިޔޭގެ އެހެން ގައުމުތަކުން އިންވެސްޓަރުންނަށް ކަންކަން މަގުފަހިކޮށްދެމުންދާ ގޮތްތައް ބަލައި ރާއްޖޭގައި އެކަންކަން މަގުފަހިކޮށްދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކާ އެ ދެ ދާއިރާއާ ގުޅޭ ގާނޫނުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ގާނޫނުތަކާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ފާހަގަ ކުރެއްވެވި އެވެ.

ޝިޔާމް ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތް ހަރުދަނާ ކުރުމަށްޓަކައި ގޮންޖެހުންތަކެއްހުރި ކަމަށެވެ. އަދި މިގޮންޖެހުންތަކުން އަރައިގަތުމަށް މިހާރު ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ގާތުން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި މިހާރަށްވުރެ ގަވައިދުތައް ވެސް ހަރުދަނާ ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިކަމާއި ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް އިންވެސްޓަރުންނަށް ދެވެންހުރި ލުއިތައް ބަލަނީޚަބަރު | ގަޑިއިރެއް ކުރިންތިން ކޮޓަރީގެ 5000 ހައުސިން ޔުނިޓް އަޅަން 7.7 ބިލިއަން ރުފިޔާ އީގަލް ހިލްސުން ހޭދަކުރާނެ: ޝިޔާމްޚަބަރު | 7 ދުވަސް ކުރިންމަސްވެރިކަން ދޫކޮށްލި ގިނަ ބަޔަކު އަލުން އެނބުރި ސިނާއަތަށް ދަނީ ނުކުންނަމުން: ޝިޔާމްޚަބަރު | 10 ދުވަސް ކުރިންމިފްކޯގެ މަސް މިހާރު "ރިޖެކްޓެއް" ނުވާނެ: ޝިޔާމުޚަބަރު | 10 ދުވަސް ކުރިން