logo
Bank of Maldives

Bank of Maldives

ޚަބަރު

މިފްކޯގެ މަސް މިހާރު "ރިޖެކްޓެއް" ނުވާނެ: ޝިޔާމު

އަޙުމަދު ރަފީޢު
27 ސެޕްޓެމްބަރު 2026 - 18:06
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު އަހާ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު އަހާ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިފްކޯއިން ރާއްޖެއިން ބޭރަށް ފޮނުވާ މަސް ޝިޕްމަންޓްގެ ބައެއް "ރިޖެކްޓް" ކޮށްލާ ކަމަށް ބުނާ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ އަހާ ފޯރަމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމު ވިދާޅުވީ މިފްކޯއާ އެކު ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކުންވެސް މަސް ބޭރުކުރާއިރު މިފްކޯ އިން ބޭރުކުރާ މަހުގެ ތެރެއިން ބައެއް އަބަދުވެސް "ރިޖެކްޓް" ކުރާ ކަމަށް އަޑުއިވޭ ކަމަށެވެ. އަމިއްލަ ކުންފުނިތަކުން ބޭރުކުރާ މަހުގެ ނިސްބަތަށް ބަލާއިރު އެވަރުގެ އަދަދެއް ރިޖެކްޓް ނުކުރާ ކަމަށާއި އެހެންވެ މިފްކޯގެ މަސް ރިޖެކްޓްް ވެގެންދާ ވާހަކައަށް އަބަދުވެސް ޝައްކުކުރެވުނު ކަމަށް ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ މިފްކޯގެ މަސް "ރިޖެކްޓް"ވާނަމަ މިހާރު އެކަން ހިނގާނީ މިފްކޯގެ މަސްކިރާ ބޯޓުތަކާ ހަމައިން ބޭރުގެ ކުންފުނީގެ އެޖެންޓެއް އެތަނުގައި ހުރެގެން ކަމަށެވެ. އެހެންވެ ރާއްޖެއިން ބޭރަށް ފޮނުވާ މަހުގެ ތެރެއިން ކުރިން "ރިޖެކްޓް"ވާ ކަމަށް ބުނާ އަދަދަށް މިހާރު އެކަން ނުހިނގާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"އޭގެ މާނައަކީ ރިޖެކްޓްވާ މަހެއް ނުއެއްދާނެޔޭ ކުރީގައިހެން 12 ޕަސަންޓުން 10 ޕަސަންޓުން އެ ރިޖެކްޓްވާ ބައި ވާނުވާ ނޭނގޭ ވާހަކަވެސް އެއީ ވަރަށް ގިނައިން ދެކެވުނު ވާހަކައެއް،" ޝިޔާމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފްކޯއަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރަން މިނިސްޓްރީއާއި މިފްކޯއާ ގުޅިގެން މަސައްކަތްތަކެއް ކުރަނީ ސީދާ ރައީސް ޑރ. މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. ރައްޔިތުންނަށް ދިމާވެފައި ހުރި ޒަމާންވީ މައްސަލަތަކަށް ހައްލު ހޯދުމަށް ވަރަށް ފަރުވާތެރިކަމާއެކު މިސަރުކާރުން މަސައްކަތް ކުރަމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ވަރަށް ވަރުގަދަ ނެޓްްވޯކްްތައް މިހުންނަނީ އެނގޭތޯ. އެހެންވީމާ އެ ނެޓްވޯކްތައް އަޅުގަަނޑުމެން ރޫޅާލަން ބޭނުންކަމަށްވަންޏާމު އަޅުގަނޑުމެން އެބަޖެހޭ ތެދަށް ތިބެން. އަޅުގަނޑުމެން ކުރާ މަސައްކަތުގައި ތެދުވެރިވާން އެބަޖެހޭ،" މިފްކޯ ހަރުދަނާކުރުމަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ފާހަަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިފްކޯއަކީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏަކަށް ވާތީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެންގެ ލޯ އަމާޒު ވަނީ މިފްކޯއަށް ކަމަށާއި ހުރިހާ ސަރުކާރަކުން އިސްކަންދެނީވެސް މިފްކޯއަށް ކަމުގައި ޝިޔާމު ވިދާޅުވި އެވެ. އެކަމަކު މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކެއް އެބަހުރި ކަމަށާއި ސަރުކާރުތަކަށް އެ ކުންފުނިތައް ނުފެނި ދިޔަ ދިއުމަކީ މަސްވެރިކަމުގެ ސިނާއަތް ދަށަށް ދިޔަ ސަބަބެއް ކަމުގައިވެސް ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތައް ތިބީ ވަރަށް ހާލުގައި އިނދަޖެހިފައިވާ ކަމަށެވެ. އެގޮތަށް ދިމާވީ އަމިއްލަ ކުންފުނިތަކުގެ ހާލަތަށް ބެލުމެއް ނެތި މަހުގެ އަގަށް ބަދަލު ގެނައުމާއި ސިޔާސަތުތައް ކަނޑައެޅި ގޮތުން ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު އެންމެން ގުޅިގެން ކުރި މަސައްކަތުން މަސްވެރިކަމުގެ ސިނާއަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަަމުގައިވެސް ޝިޔާމު ވިދާޅުވެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިކަން ދޫކޮށްލި ގިނަ ބަޔަކު އަލުން އެނބުރި ސިނާއަތަށް ދަނީ ނުކުންނަމުން: ޝިޔާމްޚަބަރު | ގަޑިއިރެއް ކުރިންމިފްކޯގެ މަސް މިހާރު "ރިޖެކްޓެއް" ނުވާނެ: ޝިޔާމުޚަބަރު | ގަޑިއިރެއް ކުރިންމަސް ގަންނަ އަގު 22 ރުފިޔާ އަށްޚަބަރު | 6 ދުވަސް ކުރިންމި ކޮންގްރެސްއިން 2028 ގައި ސަރުކާރު ދިފާއު ކުރަން ކުރަންޖެހޭނެ ކަންތައްތައް ސާފުވެއްޖެ: ޝިޔާމްޚަބަރު | 11 ދުވަސް ކުރިން