logo
MPL

MPL

ޚަބަރު

މަސް ކިރާ މިންވަރަށް ބަލައި މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 އޮކްޓޯބަރު 2026 - 11:13
 މަސް ކިރާ މިންވަރަށް ބަލައި މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދޯނިފަހަރުން މަސް ކިރާ މިންވަރަށް ބަލައި، މަސް ގަންނަ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ހާމަކުރި ގޮތުގައި އެ ކުންފުނީގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މިހާރު މަސް ގަންނަމުންދާނީ ތިން ރޭޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފްކޯއިން ކަނޑައަޅާފައިވާ އައު އަގުތަކަށް ބަލާއިރު:

1 ޓަނާއި 5 ޓަނާ ދެމެދު: ކިލޯއެއް 21 ރުފިޔާ

5 ޓަނާއި 8 ޓަނާ ދެމެދު: ކިލޯއެއް 22 ރުފިޔާ

8 ޓަނަށްވުރެ މަތި: ކިލޯއެއް 22.75 ރުފިޔާ

 

View post on Twitter

 

މިފްކޯއިން ބުނި ގޮތުގައި މިއަދުން ފެށިގެން މި ރޭޓުތަކުގައި މަސް ގަންނަމުންދާނީ ގދ. ތިނަދޫ ބަނދަރުންނާއި، ޅ. ފެލިވަރު ބަނދަރުންނާއި، ހއ. އިހަވަންދޫ ބަނދަރުގެ އިތުރުން ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުންނެވެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި މާކެޓްގެ ސަޕްލައި އަދި ޑިމާންޑަށް ރިއާޔަތްކޮށް، ފޭސްތަކަކަށް ބަހާލައިގެން މީގެ ކުރިންވެސް މިފްކޯއިން ވަނީ އަގުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން މިދިޔަ ޖޫން މަހު ކިލޯއެއްގެ އަގު 20 ރުފިޔާއަށް އަދި އޮގަސްޓް މަހު 21 ރުފިޔާއަށް މަތިކުރުމަށްފަހު، ސެޕްޓެމްބަރު 2026 ގައި ކަޅުބިލަމަސް ގަންނަ އަގު ވަނީ ކިލޯއެއް 22 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މަސް ގަންނަ އަގު ކަނޑައެޅުމުގެ ނިޒާމުގެ ތެރެއިން ބައިނަލްއަގުވާމީ ބާޒާރާ އެއްގޮތަށް އަގުތައް ބަދަލުވަމުން ދިޔަނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އުސޫލުތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސް ކިރާ މިންވަރަށް ބަލައި މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމިފްކޯގެ މަސް މިހާރު "ރިޖެކްޓެއް" ނުވާނެ: ޝިޔާމުޚަބަރު | 16 ދުވަސް ކުރިންމަސް ގަންނަ އަގު 22 ރުފިޔާ އަށްޚަބަރު | 21 ދުވަސް ކުރިންވިނަރެސްގައި މިފްކޯގެ އައު މަސްފިހާރައެއް: ހަފުތާގެ 7 ދުވަހު ޚިދުމަތް ދޭނެޚަބަރު | މަހެއް ކުރިން