logo
MPL

MPL

ޚަބަރު

މަސް ގަންނަ އަގު 22 ރުފިޔާ އަށް

އަޙުމަދު ރިޝާން
22 ސެޕްޓެމްބަރު 2026 - 06:34
މަސް ގަންނަ އަގު 22 ރުފިޔާ އަށް

 މިފްކޯއިން މަސް ގަންނަ އަގު މަތިކޮށް، ކިލޯއެއް 22 ރުފިޔާއަށް ގަންނަން ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިއީ ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދުވަސްވަރު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް މަސްވެރިކަން ދަށް ނަމަވެސް، މަހަށް އޮންނަ ޑިމާންޑް އިތުރުވުމާއި ބާޒާރުގައި ރަނގަޅު އަގެއް ލިބެމުންދާތީ މިފްކޯއިން ވަނީ އަގަށް ބަދަލު ގެނެސްފައެވެ. އެގޮތުން އެންމެ ފަހުން އޯގަސްޓް މަހުގެ 29 ވަނަ ދުވަހު މަސް ކިރަމުންދިޔަ 20 ރުފިޔާގެ އަގު 21 ރުފިޔާއަށް މަތިކުރުމަށްފަހު، މިހާރު ވަނީ އިތުރު އެއް ރުފިޔާ ބޮޑުކޮށް 22 ރުފިޔާއަށް ބަދަލުކޮށްފައެވެ.

މިފްކޯއިން ބުނާގޮތުގައި މަހުގެ އަގު ކަނޑައަޅަނީ މާކެޓުގެ ޑިމާންޑާއި ސަޕްލައަށް ބެލުމަށްފަހު މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތަކަށެވެ. އަދި މިހާރު ގެންގުޅެމުންދަނީ ބާޒާރުގެ އަގަށް ބިނާކޮށް ބަދަލުވާ ފްލޯޓިން ޕްރައިސް އުސޫލެކެވެ. މީގެ ކުރިން ވަކި އަގެއްގައި ހިފަހައްޓައިގެން މަސް ގަތުމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހުނު ނަމަވެސް، މިހާރު މި ގެންގުޅޭ އުސޫލުގެ ދަށުން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުން އަންނަތާ މިހާރު ދެވަނަ އަހަރު ވާނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި، މަހުން އުފައްދާ ބާވަތްތައް އިތުރުކޮށް، އަގުއެއްކޮށްފައިވާ ބާވަތްތައް އުފެއްދުމާއި، ކޮލިޓީ ހިފެހައްޓައިގެން މަސް ބޭރުކުރެވޭނެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، މަސްވެރިކަން ދަށް ދުވަސްވަރުވެސް ދިވެހި މަސް ބޭރުކޮށް ވިއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިފްކޯއިން ބުނެއެވެ.

މި އައު އަގުގައި މަސް ގަންނަމުންދާނީ މިފްކޯގެ ފެލިވަރު، ކޫއްޑޫ، އަދި އައްޑޫގައި ހުންނަ ކާރުހާނާތަކުގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސް ކިރާ މިންވަރަށް ބަލައި މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފިޚަބަރު | މަހެއް ކުރިންމިފްކޯގެ މަސް މިހާރު "ރިޖެކްޓެއް" ނުވާނެ: ޝިޔާމުޚަބަރު | މަހެއް ކުރިންމަސް ގަންނަ އަގު 22 ރުފިޔާ އަށްޚަބަރު | 2 މަސް ކުރިންވިނަރެސްގައި މިފްކޯގެ އައު މަސްފިހާރައެއް: ހަފުތާގެ 7 ދުވަހު ޚިދުމަތް ދޭނެޚަބަރު | 2 މަސް ކުރިން