logo
MPL

MPL

ޚަބަރު

ތިން ކޮޓަރީގެ 5000 ހައުސިން ޔުނިޓް އަޅަން 7.7 ބިލިއަން ރުފިޔާ އީގަލް ހިލްސުން ހޭދަކުރާނެ: ޝިޔާމް

އައިޝަތު ނަޝާ
30 ސެޕްޓެމްބަރު 2026 - 04:43
ތިން ކޮޓަރީގެ 5000 ހައުސިން ޔުނިޓް އަޅަން 7.7 ބިލިއަން ރުފިޔާ އީގަލް ހިލްސުން ހޭދަކުރާނެ: ޝިޔާމް

ޔޫއޭއީގެ އީގަލް ހިލްސް އިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓްތަކަކީ 3 ކޮޓަރީގެ ޔުނިޓް ތަކެއް ކަމަށާއި، އެ ޔުނިޓުތައް އެޅުމަށް 7.7 ބިލިއަން ރުފިޔާ އެ ކުންފުނިން ހޭދަކުރާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވަނީ ރަސްމާލެއާއި ގުޅެގޮތުން އެކި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ވަޒީރު ވިދާޅުވީ އީގަލް ހިލްސްއިން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ކުރިން ފުރަތަމަ ކަމަކަށް ރާއްޖޭގެ ބޯހިޔާވަހިކަމާ ގުޅޭ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ ބޮޑު އެއް ވައުދުފުޅަކީ ބޯހިޔާވަހިކަން ކަމަށްވާއިރު ރަސްމާލޭގެ މި ބިޔަ މަޝްރޫއުގެ ސަބަބުން އެމަނިކުފާނުގެ މި ވައުދު ފުއްދޭނެގޮތް ފަހިވެގެންދާކަމަށް ވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ރަސްމާލެއާ ގުޅޭގޮތުން ދައްކަވަމުން ގެންދާ ވާހަކަތަކަށް ރައްދުދެއްވާ ވަޒީރު ވިދާޅުވީ، ރަސްމާލެ މަޝްރޫއުއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓް ކަން އެބޭފުޅުން ވެސް ޤަބޫލުކުރާ ކަމަށެވެ.

"އެ ވާހަކަތަށް އެންމެ ގަދައަށް ދައްކާބޭފުޅުން މީގެ ކުރިން ވަނީ ޤާނޫނު އަސާސީ ބަދަލުކޮށްގެން ބޮޑެތި އިންވެސްޓްމަންތަށް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފަ.މިސާލަކަށް ރައީސް ޔާމީން ސަރުކާރުގައި އެމަނިކުފާނު ބޭނުންވީ މިލްކު ކުރެވޭގޮތަށް ބިން ދެވިގެން ނޫނީ ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެވޭނެ ގޮތަށް ޤާނޫނަށް ބަދަލު ގެންނަން. ދެން އޭގެ ފަހުން އައި އެމްޑީޕީ ސަރުކާރުން އެ ޤާނޫނު އަނިއްކާ ބަދަލުކުރީ އެ ބޭފުޅުންގެ ޕާޓީ ތެރެއިން އައި ވާހަކަތަކަާ ގުޅިގެން މަޖުބޫރިވެގެން.ކޮންމހެން ބަދަލުކުރަން ބޭނުންވެގެނެއް ނޫން" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ މި ބޮޑު މަޝްރޫއުއާއެކު ވަރަށް ގިނަ ވަޒީފާތައް އުފެދިގެން ދާނެކަމަށާއި،އަދި ދިވެހި ކުންފުނިތަކާއި ދިވެހި ރައްޔިތުންނަށް މީގެ ސަބަބުން މަންފާ ކުރާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހަށްވެސް ނާންގާ ކަންކަން ކުރި ބޭފުޅުން މިއަދު 'ޤައުމޭ' ކިޔަސް ނިޔަތް ސާފު: ޝިޔާމްޚަބަރު | 2 ގަޑިއިރު ކުރިންގައުމުގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް: ވަޒީރު ޝިޔާމްޚަބަރު | މަހެއް ކުރިންމަސްވެރިކަމާއި ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް އިންވެސްޓަރުންނަށް ދެވެންހުރި ލުއިތައް ބަލަނީޚަބަރު | މަހެއް ކުރިންތިން ކޮޓަރީގެ 5000 ހައުސިން ޔުނިޓް އަޅަން 7.7 ބިލިއަން ރުފިޔާ އީގަލް ހިލްސުން ހޭދަކުރާނެ: ޝިޔާމްޚަބަރު | މަހެއް ކުރިން