logo
Bank of Maldives

Bank of Maldives

ޚަބަރު

ފަރުމަސްވެރިކަމަށް ހާއްސަ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 އޯގަސްޓު 2026 - 15:17
ފަރުމަސްވެރިކަމަށް ހާއްސަ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި

އއ. އުކުޅަހުގައި ފަރުމަސްވެރިކަމަށް ޚާއްޞަ އައިސްޕްލާންޓެއް އެޅުމަށް ސަރުކާރުން މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

މިއީ ރާއްޖޭގައި ފަރުމަސްވެރިކަމަށް އެކަނި ޚާއްޞަކޮށްގެން އައިސްޕްލާންޓެއް ބިނާކުރާ ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުކުޅަހަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.

މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 5 ޓަނުގެ އައިސްޕްލާންޓެކެވެ. ޅެހި ކޮންސްޓްރަކްޝަނާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، މި މަސައްކަތް ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އައިސްޕްލާންޓުން ފަރުމަސްވެރިންނަށް ބޭނުންވާ "ޓިއުބް އައިސް" ލިބިގެންދާނެއެވެ. ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ އުކުޅަހުގައި މި ޚިދުމަތް ފެށުމުން، ފަރުމަސްވެރިކަން ކުރާ ދޯނިފަހަރުގެ އިތުރުން ރަށުގެ ކެފޭތަކާއި ރެސްޓޯރެންޓްތަކަށް ވެސް އައިސް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.

މި އައިސްޕްލާންޓް ޤާއިމުކުރުމުގެ މައިގަނޑު މަޤުޞަދަކީ އުކުޅަހާއި އެ ސަރަހައްދުގެ އެހެން ރަށްތަކުގެ ފަރުމަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ޙައްލުކޮށްދިނުމެވެ. މީގެ ސަބަބުން މަސްވެރިކަން އިތުރަށް ހަރުދަނާވެ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް، ފަރުމަސްވެރިކަމަށް ދެވޭ ޚާއްޞަ ސަމާލުކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 17 ގަޑިއިރު ކުރިންސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 2 ދުވަސް ކުރިންއުކުޅަސް ދަތުރުފުޅަށް ފަހު، ރައީސް މާލެ ވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިންއުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިމަސްތެރޭގައި ފަށަނީޚަބަރު | 2 ދުވަސް ކުރިން