ސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސް
9 ނޮވެމްބަރު 2026 - 13:41

މިސަރުކާރުން ސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރު ނުކުރާނެ ކަމަށާއި މިސަރުކާރުން ގާނޫނީ ހަމަހަމަކަން ދަމަހަައްޓަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ވަޒީރެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން، އެފަދަ ބާރުގަދަ ފަރާތްތަކުގެ މައްޗަށް ޤާނޫނު ނުހިނގާ ކަމަށް ދެކެވޭ ވާހަކަތަކާ މެދު ނޫސްވެރިއަކު ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ޖަވާބުގައި ރައީސް ވިދާޅުވީ، މިސަރުކާރުން އެއްވެސް ސިޔާސީ ފަރާތެއް ސިޔާސީ ބޭނުމުގައި ހައްޔަރު ނުކުރާނެ ކަމަށާއި މިހާތަނަށްވެސް އެފަދަ ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އަދި، އެފަދަ އަމަލުތަކަކީ ބަދަލުހިފުމުގެ އަމަލުތަކެއް ކަމަށާއި އެކަމަކީ އެމަނިކުފާނު ނިމުމަކަށް ގެންނަވާފައިވާ ކަމެއް ކަމުގައި ވެސް ވިދާޅުވި އެވެ.
މިމައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި މިފަދަ މައްސަލައެއްގައި، ތުހުމަތުވެވޭ ފަރާތަކީ ކޮންމެ ފަރާތަކަށްވީ ނަމަވެސް، ޤާނޫނުގެ ބާރު ހިނގާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ޤާނޫނު ތަންފީޒުކުރުމުގައި، އެ އަމަލެއް ހިންގި ކަމަށް ބެލެވޭ ފަރާތަކާއި މެދު ޑިއު ޕްރޮސެސް ހިންގޭނޭ ކަމަށާއި އެކަމަށް ދަޢުލަތުން ފުރުޞަތު ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެފަދަ ކަންކަމަށް މިސަރުކާރުން އެއްވެސް ހުރަހެއް ނާޅާނޭކަމާއި އެއްވެސް ނުފޫޒެއް ނުފޯރުވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވެވި އެވެ.
"ރޫލް އޮފް ލޯ ތަންފީޒުކުރުން، ޤާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުން، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން، މިހެންގޮސް މިހުރިހާކަމެއް އެއީ މިތަނުގައި ޔަޤީންކަން ލިބިފައިވާ ކަންކަންކަމުގައި ވާންޖެހޭނެ،" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތުހުމަތެއްގައި މީހަކު ހައްޔަރުކުރުމަކީ އެއީ ސިޔާސީކަމެއް ނޫންކަމަށާއި ދުވަހަކުވެސް، ސިޔާސީ ބޭނުމެއްގައި މީހަކާ ދޭތެރޭ ފިޔަވަޅެއް އެޅުން އެއީ މިއަދާއި ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަދޮ ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

-01.jpg&w=3840&q=75)
