logo
MPL

MPL

ޚަބަރު

ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގަންނަވަނީ

އަޙުމަދު ރިޝާން
9 ނޮވެމްބަރު 2026 - 12:53
ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގަންނަވަނީ

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ އަންތާލިޔާ އެކްސްޕޯ ސެންޓަރުގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ އެ ގައުމަށް ފުރާވަޑައިގަތުމަށް ނިންމަވައިފި އެެވެ.

މި މަހުގެ ނުވަޔަކުން ފެށިގެން ވިހީގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓުގެ ތެރެއިން، މި މަހުގެ އެގާރައިން ބާރައަށް އޮންނަ ވޯލްޑް ލީޑަރސް ސަމިޓުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމުގައި ރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ޤައުމެއް ކަމަށެވެ. އަދި ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އިޔާދަކުރަނިވި ހަކަތައަށް 33 އިންސައްތަ ބަދަލުކުރުމާއި، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާއި، ގޮނޑުދޮށްތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކޮޕް ސަމިޓުގައި ރާއްޖެއިން ވަކާލާތުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަމުގައިވާ "މޯލްޑިވްސް ފަސްޓް" ޕޮލިސީގެ ދަށުން ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވަމުންދާކަން ފާހަގަކުރައްވައި، ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި 20 ދާއިރާއަކުން އެއްބަސްވުންތައް ޤާއިމުކުރެވިފައިވާ ކަމަށާއި، ގަުއުމީ އެއާލައިން "މޯލްޑިވިއަން" މެދުވެރިކޮށް ވައިގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސީ ރޫޓުންވެސް ވަރަށް އަވަހަށް ކަނޑުގެ މަގުން ދަތުރުތައް ފަށާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއީ އިގުތިސާދީ ގޮތުންވެސް ރާއްޖެއަށް ފައިދާކުރާނެ ކަމެއް ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައިވާ ސާކް ޖަމްޢިއްޔާގެ މަސައްކަތްތައް އަލުން ފެށުމަށްވެސް މަޝްވަރާކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގަންނަވަނީޚަބަރު | 24 މިނިޓު ކުރިންފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ސީދާ ބަހަން ސަރުކާރުން އާ ކުންފުންޏެއް ހަދައިފިޚަބަރު | 2 ގަޑިއިރު ކުރިންރިއަލް އެސްޓޭޓް ދާއިރާ އިސްލާހުކޮށް އިގުތިސާދު ސިންދަފާތުކުރުމުގެ ޕްލޭންތައް ރައީސް ހާމަކުރައްވައިފިޚަބަރު | 6 ގަޑިއިރު ކުރިންމަޖިލީހަށް ހުށަހެޅި ހަތަރު ބިލަކީ ވެސް ފަންނީ ދިރާސާތަކަށް ފަހު ހުށަހެޅި ބިލުތަކެއް: ރައީސްޚަބަރު | 6 ގަޑިއިރު ކުރިން