logo
MPL

MPL

ޚަބަރު

މަޖިލީހަށް ހުށަހެޅި ހަތަރު ބިލަކީ ވެސް ފަންނީ ދިރާސާތަކަށް ފަހު ހުށަހެޅި ބިލުތަކެއް: ރައީސް

އައިޝަތު އިނާޝާ
9 ނޮވެމްބަރު 2026 - 07:36
މަޖިލީހަށް ހުށަހެޅި ހަތަރު ބިލަކީ ވެސް ފަންނީ ދިރާސާތަކަށް ފަހު ހުށަހެޅި ބިލުތަކެއް: ރައީސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ހަތަރު ބިލަކީ އަވަސްއަރުވާލައިގެން ހުށަހެޅި ބިލުތަކެއް ނޫން ކަމަށާއި، އެއީ ފަންނީ ދިރާސާތަކުގެ އަލީގައި ތައްޔާރުކުރެވުނު މުހިންމު ބިލުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި ހުށަހެޅި ބިލުތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވީ މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލު، އިމިގްރޭޝަންގެ ބިލު، އަބުރާއި ބެހުމުގެ ބިލު، އަދި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލެވެ.

މަޖިލީހަށް ހުށަހެޅި މި ހަތަރު ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލު މިއީ ރާއްޖެއަށް ނުހަނު މުހިންމު ބިލެއްކަމަށެވެ. ރައީސް ވިދާޅުވީ ޝަރުޢީ މަރުޙަލާ ފުރިހަމަވުމުން މަރުގެ އަދަބު ތަންފީޒުކުރެއްވުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އިމިގްރޭޝަންގެ ބިލުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ހުށަހެޅުއްވާފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަބުރާއި ބެހުމުގެ ބިލަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ދީނާ ޚިލާފު ކަންކަމަށް ފުރުޞަތު ނުލިބޭނެހެން، ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމަށް މަގުފަހިކުރާ ބިލެއްކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިއަލް އެސްޓޭޓް ދާއިރާ އިސްލާހުކޮށް އިގުތިސާދު ސިންދަފާތުކުރުމުގެ ޕްލޭންތައް ރައީސް ހާމަކުރައްވައިފިޚަބަރު | 18 މިނިޓު ކުރިންމަޖިލީހަށް ހުށަހެޅި ހަތަރު ބިލަކީ ވެސް ފަންނީ ދިރާސާތަކަށް ފަހު ހުށަހެޅި ބިލުތަކެއް: ރައީސްޚަބަރު | 27 މިނިޓު ކުރިންވީރާނާވާން ދޫކޮށްލި އިމާރާތް ބޮޑު ހޮޓަލަކަށް: "ރައީސް ސާބިތުކޮށްދެއްވީ ގައުމުދެކެ ލޯބިވާކަން"ޚަބަރު | 20 ގަޑިއިރު ކުރިންރައީސް މުއިއްޒުގެ ސަރުކާރަށް އަނެއްކާވެސް ބޮޑު ކާމިޔާބެއް، މެންހެޓަން ގްރޭންޑް ހުޅުވައިފިޚަބަރު | 2 ދުވަސް ކުރިން