logo
MPL

MPL

ޚަބަރު

ރައީސް މުއިއްޒުގެ ސަރުކާރަށް އަނެއްކާވެސް ބޮޑު ކާމިޔާބެއް، މެންހެޓަން ގްރޭންޑް ހުޅުވައިފި

އަޙުމަދު ރަމީޒު
7 ނޮވެމްބަރު 2026 - 17:02
މެންހެޓަން ގްރޭންޑް
މެންހެޓަން ގްރޭންޑް

މާލެ ސަރަހައްދުގައި މިހާތަނަށް ހުޅުވާ އެންމެ ބޮޑު ހޮޓާ، ފަސްތަރީގެ މެންހެޓަން ގްރޭންޑް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ހިސާބުގައި ތަރައްގީކޮށްފައިވާ މި ހޮޓާ ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު ހުސައިން ޒަރީރު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންހެޓަން ގްރޭންޑް ހޮޓެލް މިރޭ ހުޅުވިގެން ދިޔައީ މި ހޮޓާ ހިންގުމަށް އުފައްދާފައިވާ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ޑީޕްސީ ކޮމްޕެނީއާއި ދިވެއްސަކު ގުޅިގެން އުފެއްދި ވޯލްޑް އޮފް ބިޒްނަސް ކުންފުނިން 11 މަސް ދުވަހުގެ ތެރޭގައު ކުރި ބުރަ މަސައްކަތްތަކާ އެކު އެވެ.

މެންހެޓަން ގްރޭންޑް ހޮޓެލްގައި 162 ކޮޓަރި ހުންނައިރު އިވެންޓްތައް ބޭއްވުމަށް ޖާގަ ތަނަވަސް ތިން ހޯލާއި، ކޮންފަރެންސްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ޒަމާނީ ފެންވަރުގެ މާލަންތައްވެސް ހަދާފައިވެ އެވެ. މީގެއިތުރުން ބައިނަލްއަގްވާމީ ފްރެންޗައިޒް ހަތަރު ރެސްޓޯރަންޓާއި، ސްވިމިންޕޫލް، ސްޕާ، ޖިމްވެސް މިހޮޓަލްގައި ހުރެ އެވެ.

މީގެއިތުރުން ވޯލްޑް އޮފް ބިޒްނަސް ކުންފުނިން މިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެން މި ހޮޓެލްގެ ޖާގައިގެ ތިންބައިކުޅަ އެއްބައިގައި ދިވެހި ނޫސްވެރިންނަށް މީޑިއާ ވިލެޖަކާއި ސަރުކާރުގެ އިދާރާތައް ހިންގުމަށްވެސް ބައެއް ހަދައިދީފައިވެ އެވެ. މީޑިއާ ވިލެޖާއި ސަރުކާރުގެ ބޭނުންތަކަށް އޮތް ޖާގައިގެ ކަރަންޓާއި ފެން ބިލާ މަރާމާތުގެ ހަރަދުތައް ހަމަޖައްސައިދޭނީވެސް ވޯލްޑް އޮފް ބިޒްނަސް ކުންފުނިންނެވެ.

މެންހެޓަން ގްރޭންޑް ރަސްމީކޮށް ހުޅުވުމާއެކު އެ ހޮޓަލުން އަހަރަކު ތިން މިލިއަން ޑޮލަރުގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ އެވެ.

މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވާފައި މިވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި، 2027 ވަނަ އަހަރު ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާ އެކަމަށް ތައްޔާރުވެފައި ވަނިކޮށެވެ.

 

މެންހެޓަން ގްރޭންޑް ހޮޓެލްގެ ތައާރަފް

މެންހެޓަން ގްރޭންޑް ހޮޓެލް ހުރި ބިން ގަނެ، އެތަނުގައި ހޮޓެލެއް އެޅުމަށްޓަކައި 2007 ވަނަ އަހަރު 34 މިލިއަން ޑޮލަރު އިންވެސްޓްކޮށް އެ މަސައްކަތް ފެށީ އެސްޓީއޯ އިންނެވެ. އޭގެފަހުން ފަސް ރައީސެއްގެ ވެރިކަން ނިމި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މިދިޔަ 20 އަށް އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުން 17 ވަރަކަށް އިންވެސްޓަރުން މި ހޮޓާ ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

މި ހޮޓާ ނުހުޅުވި މިދިޔަ ދިގު މުއްދަތުގައި އެސްޓީއޯއާއި އެޗްޑީސީއަށް މާލީ ބޮޑެތި ގެއްލުންތަކެއް ވަމުންދަނިކޮށް އެ ގެއްލުމުން އެ ދެ ކުންފުނި ސަލާމަތްކޮށް، ހޮޓާ ހުޅުވި މުޅި އެ ސަރަހައްދަށް ދިރުން ގެނެސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތަކުގެ ސަބަބުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒުގެ ސަރުކާރަށް އަނެއްކާވެސް ބޮޑު ކާމިޔާބެއް، މެންހެޓަން ގްރޭންޑް ހުޅުވައިފިޚަބަރު | 16 މިނިޓު ކުރިންކައުންސިލްތައް ބޭނުންވާ ގޮތަށް މަސައްކަތްކުރަން ބާރު ދިނީ މިސަރުކާރުން : ނާސިހުޚަބަރު | 3 ގަޑިއިރު ކުރިންކައުންސިލްތައް ބާރުވެރިކުރުމުގައި ރައީސް މުއިއްޒަކީ ޗެމްޕިއަނެއް: އަހްމަދު މޫސާ ޚަބަރު | 6 ގަޑިއިރު ކުރިންކަށަވަރުވާ ޔަގީންކަން: ޤައުމުގެ މިނިވަންކަމާއި އިސްލާމްވަންތަކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރަށްވާނެ!ރިޕޯޓް | ދުވަހެއް ކުރިން