ކައުންސިލްތައް ބާރުވެރިކުރުމުގައި ރައީސް މުއިއްޒަކީ ޗެމްޕިއަނެއް: އަހްމަދު މޫސާ
7 ނޮވެމްބަރު 2026 - 11:29
.jpg&w=3840&q=75)
ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައަށް ފައްކާކުރެއްވި ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ދިވެހި ތާރީހުގައި ލިޔެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ޗެމްޕިއަނެއް ކަމަށް ލ. މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހްމަދު މޫސާ ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަދައްކަވާފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation

އެގޮތުން އަހްމަދު ވިދާޅުވީ ކުރީ ސަރުކާރުތަކާ ހިލާފަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުވަތަ އިދިކޮޅު ޚިޔާލަކަށް ނިސްބަތްވާ ކައުންސިލްތައް ތަފާތުކުރުމެއް ނެތި، އެ ކައުންސިލްތަކުން ބޭނުން ގޮތަކަށް ކަންކަން ކުރުމުގެ ފުރިހަމަ ބާރާއި، އިޚްތިޔާރު ދެެއްވާފައިވާ ކަމަށެވެ. މި ސަރުކާރުގެ މައިގަނޑު އަމާޒަކީ ވެސް ސިޔާސީ ފިކުރަށް ބެލުމެއްނެތި، ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކައުންސިލްއެއް ހިންގުމުގެ ދާއިރާގައި އުޅޭ ކޮންމެ ބޭފުޅެއްފެ ހިތުގައި ވެސް މިއަދު އޮންނާނެ މި ކައުންސިލް ހިންގުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ކައުންސިލްތައް ބޭނުންގޮތަކަށް ހިންގުމަށް ދޫކޮށްލައްވާފައިވާ ދޫކޮށްލުން. އޭގެ ހެއްކެއް އެއީ ކުރުމުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް އެންމެ ގިނަ ކައުންސިލް އިދާޜާތައް އިމާރަތްކުރެއްވި ރައީސްއަކީ ރައީސް މުއިއްޒުވެ ވަޑައިގެންފައިވުން"އަހްމަދު މޫސާ ވިދާޅުވިއެވެ.
މާވަށު ކައުންސިލްގެ ރައީސް ވިދާޅުވީ ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތައް ނުހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި، އިދިކޮޅު ފަރާތްތަކުން މި ސަރުކާރާ އަޅުވާ ދައްކާ އެފަދަ ވާހަކަތަކަކީ ހަމަ ހޭގައި ތިބޭ ބަޔަކު ގަބޫލުކުރާނެ ވާހަކަތަކެއްވެސް ނޫން ކަމަށެވެ.
"މިވީ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ރަށްރަށަށް ގެނެސްދީފައިވާ ތަރައްޤީ އިދިކޮޅުފަރާތްތަކުން ވެސް ގޮސް ބައްލަވާ. އޭރުން އެނގިލައްވާނެ ތި ދައްކަވާ ވާހަކަތަކީ އެއްވެސް ތާކުންތާކުން ނުޖެހޭ ވާހަކަތަކެއް ކަން" އަހްމަދު މޫސާ
އަހްމަދު މޫސާ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ދިވެހިންނަށް ދިވެހީންގެ ރާއްޖެ ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ދިވެހި ރައްޔިތުން ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ މާވަހަރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

-01.jpg&w=3840&q=75)
