logo
MPL

MPL

ޚަބަރު

ކައުންސިލްތައް ބޭނުންވާ ގޮތަށް މަސައްކަތްކުރަން ބާރު ދިނީ މިސަރުކާރުން : ނާސިހު

އިޙުސާނާ އިބްރާހީމް
7 ނޮވެމްބަރު 2026 - 14:22
ކައުންސިލްތައް ބޭނުންވާ ގޮތަށް މަސައްކަތްކުރަން ބާރު ދިނީ މިސަރުކާރުން : ނާސިހު

ލޯކަލް ކައުންސިލްތަކުން ބޭނުންވާ ގޮތަށް ގާނޫނީ އިމުގެ ތެރެއިން މިނިވަންކަމާއެކު މަސަށްކަތް ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދިޔައީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކަމަށް ގއ. ނިލަންދޫ ކައުންސިލްގެ ކުރީގެ ރައީސް ކަމާއި ގއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސްކަން ކުރައްވާފައިވާ ނާސިހް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ނާސިހު ވިދާޅުވީ ކައުންސިލްތައް އުފެދުނީންސުރެ ކައުންސިލްތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކައުންސިލް އިދާރާތަކުގެ ޖާގައިގެ ދަތިކަން ކަމަށެވެ. އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ނިމިދިޔަ ހުރިހާ ސަރުކާރެއްގައި ކައުންސިލްތަކުން އާދޭސްކުރި ކަމަށާއި ނަމަވެސް އެއްވެސް ސަރުކާރަކަށް އެކަން ނުކޮށްދެވުނުއިރު ކައުންސިލްތަކަށް މުޅިން އާ އިމާރާތްތަކެއް އަޅައިދޭން ފެށީ ރައީސް މުއިއްޒުގެ ސަރުކާރުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ރައީސް މުއިއްޒުގެ ސަރުކާރު އައި ފަހުން އެންމެ ފުރަތަމަވެސް ލިބިގެން ދިޔައީ އުފާވެރިކަމުގެ ހަބަރެއް. އެއީ ކައުންސިލް އިދާރާތައް އާކޮށް ޒަމާނީއިދާރާތަކެއް އަޅައިދިނުން،" ނިލަންދޫ ކައުންސިލްގެ ރައީސްކަން ތިން ދައުރުކުރައްވާފައިވާ ނާސިހް ވިދާޅުވި އެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް މިވަގުތު ހުންނެވި ނާސިހް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ތައްޔާރުކުރާ ލޭންޑް ޔޫޒް ޕްލޭން ކައުންސިލްތަކުން ހަދައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާއަށް ހުށަހެޅުމުން އެ ޕްލޭން ފާސްނުވެ އޮންނަ އޮތުމަށްވެސް މިސަރުކާރު އައިސް ހައްލު ހޯދައިދީފައިވާ ކަމަށެވެ.

ނާސިހު ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތަކުގެ ތެރެއަށް ބައެއް ސިޔާސީ ޕާޓީތަކުން ވަދެ ކައުންސިލްތަކުގެ ހިންގުމަށްވެސް މީގެކުރިން ދަތިކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގައި ޕާޓީތަކަށް އެ ފުރުސަތު ނެތް ކަމަށެވެ.

ނާސިހް އިތުރަށް ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކައުންސިލްތަކުން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރުމުގެ ބާރު ރައީސް މުއިއްޒުގެ ސަރުކާރުގައި ކައުންސިލްތަކަށް ދީފައިވާތީ ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތައް ބޭނުންވާ ގޮތަށް މަސައްކަތްކުރަން ބާރު ދިނީ މިސަރުކާރުން : ނާސިހުޚަބަރު | 19 މިނިޓު ކުރިންކައުންސިލްތައް ބާރުވެރިކުރުމުގައި ރައީސް މުއިއްޒަކީ ޗެމްޕިއަނެއް: އަހްމަދު މޫސާ ޚަބަރު | 3 ގަޑިއިރު ކުރިންކަށަވަރުވާ ޔަގީންކަން: ޤައުމުގެ މިނިވަންކަމާއި އިސްލާމްވަންތަކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރަށްވާނެ!ރިޕޯޓް | ދުވަހެއް ކުރިންހިޔާވަހި ލޯނު ފުރިހަމައަށް ނުލިބުނު ފަރާތްތަކަށް ޓޮޕްއަޕް ހަމަޖައްސައިދެވޭތޯ ބައްލަވަނީޚަބަރު | 2 ދުވަސް ކުރިން