ޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީ
9 ނޮވެމްބަރު 2026 - 14:08

ޕާކިސްތާން ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ބިނާކުރާ ބައިނަލްއަގްވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމް ގުޅިފަޅުގައި އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
މި މަޝްރޫއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ސޮއިކުރި 20 އެމްއޯޔޫގެ ތެރެއިން، ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ މި ސްޓޭޑިއަމްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މަޝްރޫއަށް ބޭނުންވާ ބިން މިހާރު ވަނީ ގުޅީފަޅުން ކަނޑައަޅާފަ އެވެ.
މި ސްޓޭޑިއަމް އިމާރާތް ކުރުމުގެ ކުރިން ހަދަންޖެހޭ ފީސިބިލިޓީ ދިރާސާތައް ހެދުމަށްޓަކައި ޕާކިސްތާން ކްރިކެޓް ބޯޑް (ޕީސީބީ) ގެ ވަފުދެއް މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

-01.jpg&w=3840&q=75)
