logo
MPL

MPL

ޚަބަރު

ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފި

އަޙުމަދު ރަމީޒު
10 ނޮވެމްބަރު 2026 - 04:57
ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފި

 

ތުރުކީގެ އަންތާލިޔާގައި ބާއްވާ ކޮޕް31 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫ.އެން.އެފް.ސީ.ސީ.ސީ ކޮޕް31) ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން، ގައުމީ ބަޔާން އިއްވަވާނެ އެވެ. އަދި މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ގައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ.

ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫ.އެން.އެފް.ސީ.ސީ.ސީގެ މެންބަރު ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ.

މީގެއިތުރުން އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމައީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންނާއި އަދި މަދަނީ ޖަމިއްޔާތަކުން މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރާނެއެވެ.

ކޮޕް ސަމިޓަކީ 1992ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީޚީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުއާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުއާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 23 މިނިޓު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 15 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 16 ގަޑިއިރު ކުރިންކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގަންނަވަނީޚަބަރު | 16 ގަޑިއިރު ކުރިން