logo
MPL

MPL

ޚަބަރު

ވިލިނގިލީގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް ކުރިއަށްގެންގޮސްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޮކްޓޯބަރު 2026 - 08:04
ވިލިނގިލީގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް

ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެ ގޮތުން، މާކަނޑުގެ ފުން ސަރަހައްދުތަކުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ (ޑައިމަންޑް ބެކް ސްކުއިޑް) މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ގއ. ވިލިނގިލީގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި މަހުގެ 3 އިން 4 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގައި 8 ބައިވެރިން ބައިވެރިވެފައިވެއެވެ. މިއީ މި ބާވަތުގެ މަސްވެރިކަން ދަސްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދަ ތަމްރީން ޕްރޮގްރާމްތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް އާ ބާވަތެއްގެ މަސްވެރިކަން ތައާރަފްކުރުމާއި، ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް އަހުލުވެރިކޮށް، އެ ދާއިރާއަށް ނެރުން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރު މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި 14 ބައިވެރިންނާއެކު ވަނީ ބާއްވާފައެވެ. އަދި މި ތަމްރީނުތަކުގެ ދެވަނަ ބުރު ގދ. ފިޔޯރީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ ދުވަހު ބާއްވާ ކުރެހުމުގެ މައުރަޒު ބައިވެރިވާން ފުރުސަތު ހުޅުވާލައިފިޚަބަރު | 8 ދުވަސް ކުރިންމެރިކަލްޗާގެ ދާއިރާއިން ފަންނުވެރިން އުފެއްދުމުގެ އައު ބުރު މަނިޔަފުށީގައި ފަށައިފިޚަބަރު | 22 ދުވަސް ކުރިންމަސްވެރިންނަށް ބޮޑު ލުޔެއް، ރަހުނަކާ ނުލައި 4 މިލިއަނާ ހަމައަށް އާރްއެސްޑަބްލިޔު ފައިނޭންސް ދޫކުރަން ފަށައިފިޚަބަރު | 23 ދުވަސް ކުރިން ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ އިންގިލާބެއް، 10 ރަށެއްގައި ދަނޑުތައް ހަދަން ސޮއިކޮށްފިޚަބަރު | މަހެއް ކުރިން