އަންނަ ރޯދަމަހުގެ ދަނޑުވެރިންގެ ބާޒާރުން ފުރުސަތު ހުޅުވާލައިފި، ބިދޭސީންނަށް ހަރަކާތެރިއެއް ނުވެވޭނެ
20 ސެޕްޓެމްބަރު 2026 - 12:00

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ ބާޒާރުގައި ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ވަނީ ހުޅުވާލާފައެވެ.
ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް މާލޭ ސަރަޙައްދުގައި ފަސޭހަކަމާއެކު ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ވުޒާރާއިން "ދަނޑުވެރިންގެ ބާޒާރު" ޤާއިމްކޮށްފައިވަނީ މިއަހަރުގެ ތެރޭގައެވެ. ހާބަރުގައި ކުރިން ކެފޭ ހިންގި ސަރަޙައްދުގައި ޤާއިމުކުރި މި މާރުކޭޓަކީ، ރޯދަ މަހަށް އަމާޒުކޮށްގެން ހައްދާ ކާނާގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ހިންގަން ފެށި ތަނެކެވެ. މިއަހަރުގެ ރަމަޟާން މަހު ވެސް ދަނޑުވެރިކަމަށް މަޝްހޫރު ގިނަ ރަށްރަށުން މި މާރުކޭޓުގައި ބައިވެރިވެ ތަކެތި ވިއްކާފައިވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މިއަހަރު ލިބުނު ބޮޑު ތަރުޙީބަށް ބަލައި، އަންނަ އަހަރުގެ ރަމަޟާން މަހަށް މާރުކޭޓުގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް އެކަން ހުށަހެޅުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން މިހާރު ވަނީ ހުރިހާ ކައުންސިލްތަކަށް އަންގާފައެވެ. އަދި ނަން ހުށަހަޅާ ރަށްރަށުގެ އަދަދަށް ބެލުމަށްފަހު، އަންނަ އަހަރުގެ ރޯދަމަހު މާރުކޭޓު ޤާއިމްކުރާނެ ވަކި ތަނެއް ކަނޑައަޅާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލުގައިވާގޮތުން، މި މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި ހައްދާފައިވާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެކަންޏެވެ. އަދި މި މާރުކޭޓުގައި އެއްވެސް މިންވަރަކަށް ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއަހަރުގެ މާރުކޭޓުގައި މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް (އެމްގެޕް) ސެޓިފައިޑް 10 ދަނޑެއްގެ އުފެއްދުންތައް ވަނީ ވިއްކާފައެވެ.


