logo
Bank of Maldives

Bank of Maldives

ޚަބަރު

ރޯދައަށް މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ގާއިމް ކުރަނީ

އައިޝަތު ނަޝާ
21 ޖެނުއަރީ 2026 - 12:12
ރޯދައަށް މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ގާއިމް ކުރަނީ

އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައި ންހެޔޮ އަގުގައި ވިއްކުމަށް،ދިވެހި ދަނޑުވެރިންނަށް ހާއްސަކޮށްގެން ވަގުތީ މާރުކޭޓެއް މާލެ ސަރަައްދުގައި ގާއިމް ކުރުމުގެ މަސައްކަތް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މި މާރުކޭޓް ތައްޔާރު ކުރަނީ އެމްޕީއެލްގެ އެހީތެރިކަމާއި އެކުގައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަަމަށް އެ ވުޒާރާއިން މިއަދު ރަށްތަކަށް ފޮނުވި ސަރކިއުލާއެއްގައި ބުނެފައިވެއެވެ.

އަދި މި މާރުކޭޓަކީ ރޯދަ މަހަށް އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އއގޮތުން އެ ވުޒާރާއިން ވަނީ އަތޮޅުގެ ދަނޑުވެރި ރަށްރަށުން ދަނޑުވެރި އުފެއްދުންތައް މި މާރުކޭޓުގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މިގޮތުން މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން މި އެ ވުޒާރާއަށް ފޯމު ހުށަހެޅުމަށް އެދިފައި ވެއެވެ.

މިކަމަށް ޝައުގުވެރިކަން ހުރި ކައުންސިލްތަކުން ފޯމު ހުށަހަޅާނީ ޖެނުއަރީ 29 ގެ އޮފީސް ބަންދުވުމުގެ ކުރިން agriculture.dpt@agriculture.gov.mv އީމެއިލް މެދުވެރިކޮށެވެ. އިތުރު މައުލޫމާތު އެ ވުޒާރާގެ ނަންބަރު 3309390 / 3309394 އަށް ރަސްމީ ގަޑީގައި ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ ފެބްރުއަރީ 15 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ކަމަށާއި،އަދި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވާ (ރިހާކުރާއި އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި އިމްޕޯޓްކޮށްފައިވާ ކާބޯތަކެތި ފަދަ) އިތުރު ތަކެތި ވިއްކުމަކީ މަނާކަމެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ގޮޅިތަކުގައި ތަކެތި ވިއްކަން ބިދޭސީން ބޭތިއްބުމަކީ މަނާކަމެއް ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަފްތާއެއް ތެރޭ އެމްޕީއެލްއިން 41،000 އަށް ވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފިޚަބަރު | 4 ދުވަސް ކުރިންއައްޑޫގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިވިޔަފާރި | 8 ދުވަސް ކުރިންލަމްއާން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށްޚަބަރު | 20 ދުވަސް ކުރިންއެމްޕީއެލްގެ ބޯޑަށް މުޙައްމަދު ލަމްޢާން އައްޔަންކޮށްފިޚަބަރު | 20 ދުވަސް ކުރިން