logo
MPL

MPL

ޚަބަރު

އެމްޕީއެލް އިން މިދިޔަ ހަފުތާ އެކަނި، ދެހާހާ ގާތްކުރާ އަދަދަކަށް މުދާ ކްލިއާ ކޮށްފި

އަޙުމަދު ރިޝާން
2 ނޮވެމްބަރު 2026 - 12:27
އެމްޕީއެލް އިން މިދިޔަ ހަފުތާ އެކަނި، ދެހާހާ ގާތްކުރާ އަދަދަކަށް މުދާ ކްލިއާ ކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން މިދިޔަ ހަފުތާގައި އެކަނިވެސް 1،958 ކޮންޓެއިނަރު ކްލިއާ ކޮށްފިއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި އާންމު މުދާ އުފުލާ ބޯޓުފަހަރުން ވެސް ވަނީ މުދާ ކްލިއާ ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 އެގޮތުން 1،472 ކޮންޓެއިނަރު އުފުލާ ބޯޓާއި 486 އާންމު މުދާ އުފުލާ ބޯޓުން 'ކޮންސައިންމަންޓްސް' ނުވަތަ ވިއްކުމުން ފައިސާ ދައްކާ ގޮތަށް ކްލިއާކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 41،959.34 ފްރައިޓު ޓަނުގެ މުދާ ކްލިއާ ކޮށްފައިވާއިރު، އޭގެ ތެރޭގައި މޭވާއާއި ތަރުކާރީފަދަ އަވަހަށް ހަލާކުވާ މުދަލުގެ 67،869 ޕެކޭޖު ހިމެނެއެވެ.

 މި ހަފުތާގައި އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން 16،278 ކޭސް ބިހާއި، 11،519 ބަސްތާ ފިޔާގެ އިތުރުން 9،133 ކޭސް ކަރާ، 6،556 ބަސްތާ އަލުވި އަދި 6،173 ކޭސް ޓޮމާޓޯ ވަނީ ކްލިއާ ކޮށްފައެވެ.

 ރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރަމުން އަންނައިރު، އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އެ ބަނދަރު ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭން ފެށުމެވެ. މި ބަދަލާއެކު އެމްޕީއެލްގެ އޮޕަރޭޝަންތައް އިތުރަށް އަވަސްވެ، ހަރުދަނާ ވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް އިން މިދިޔަ ހަފުތާ އެކަނި، ދެހާހާ ގާތްކުރާ އަދަދަކަށް މުދާ ކްލިއާ ކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއެފްސީއެލް ކޮންޓޭނަރ ކްލިއަރކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓަރމިނަލަށް ބަދަލުކޮށްފިޚަބަރު | 6 ދުވަސް ކުރިންމާލޭ ވިޔަފާރި ބަނދަރުން ސެޕްޓެމްބަރުގައި 1.7 ލައްކަ ޓަނުގެ މުދާ ކްލިއާކޮށްފިޚަބަރު | 16 ދުވަސް ކުރިންއެމްޕީއެލްއިން ސެޕްޓެމްބަރު މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ މުދާ ކްލިއަކުރިޚަބަރު | 16 ދުވަސް ކުރިން