logo
MPL

MPL

ޚަބަރު

އެމްޕީއެލްއިން ސެޕްޓެމްބަރު މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ މުދާ ކްލިއަކުރި

އަޙުމަދު ރިޝާން
17 އޮކްޓޯބަރު 2026 - 13:28
އެމްޕީއެލްއިން ސެޕްޓެމްބަރު މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ މުދާ ކްލިއަކުރި

 

 

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން މިދިޔަ ސެޕްޓެންބަރު މަހު އެކަނިވެސް 178،197 ފްރައިޓް ޓަނުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުން ވެސް ގިނަ އަދަދެއްގެ މުދާ ވަނީ ކްލިއާ ކޮށްފައެވެ. އެގޮތުން 5،673 ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި، 1،667 އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި ކޮންސައިންމަންޓްސް ހިމެނެ އެވެ.

މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ މަހު އައި ބޯޓުފަހަރުގެ އަދަދަށް ބަލާއިރު، ކޮންޓެއިނަރ އުފުލާ 14 ބޯޓާއި، އާންމު މުދާ އުފުލާ 26 ބޯޓު އައިސްފައިވެއެވެ. އަދި ފުރި އުޅަނދުތަކަށް ބަލާއިރު، ކޮންޓެއިނަރ އުފުލާ 3 ބޯޓާއި، އާންމު މުދާ އުފުލާ 6 ބޯޓު މާލޭ ވިޔަފާރި ބަނދަރުން ފުރާފައިވެއެވެ. ކޮންޓެއިނަރުގެ ތަފާސްހިސާބަށް ބަލާއިރު އަންލޯޑެޑް ޓީއީޔޫގެ އަދަދަކީ 7،139 ކަމަށާއި، ލޯޑެޑް ޓީއީޔޫގެ އަދަދަކީ 7،386 ކަމަށް ދައްކައެވެ. އަދި ތްރޫޕުޓް ޓީއީޔޫއަކީ 14،525 އެވެ.

މިދިޔަ މަހު އެންމެ ގިނައިން ކްލިއާކުރި އަސާސީ ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު، 77،595 ކޭސް ބިހާއި، 41،122 ބަސްތާ ފިޔާގެ އިތުރުން 39،582 ކޭސް ކަރާ ހިމެނެއެވެ. މީގެއިތުރުން 23،610 ބަސްތާ އަލުވިއާއި 17،102 ކޭސް ޓޮމާޓޯ ވެސް ވަނީ ކްލިއާކޮށްފައެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މި ބަނދަރު ރަސްމީކޮށް ހުޅުވައި، ޚިދުމަތްދޭން ފެށުމެވެ. މިއާއެކު އެމްޕީއެލްގެ އޮޕަރޭޝަންތައް އިތުރަށް އަވަސްވެ، ހަރުދަނާ ވެގެންދާނެ ކަމަށް ބެލެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްއިން ސެޕްޓެމްބަރު މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ މުދާ ކްލިއަކުރިޚަބަރު | ގަޑިއިރެއް ކުރިންއެމްޕީއެލްއިން މިދިޔަ ހަފުތާ އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާ ކޮށްފައިވޭވިޔަފާރި | 2 މަސް ކުރިންޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެމްޕީއެލުން އޭޖެންޓުންނާއި ޑްރައިވަރުންނާ އެކު މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންމައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން  އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ހަދަން ހަވާލުކޮށްފިޚަބަރު | 3 މަސް ކުރިން