އެމްޕީއެލްއިން މިދިޔަ ހަފުތާ އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާ ކޮށްފައިވޭ
19 އޯގަސްޓު 2026 - 12:29
.jpg&w=1920&q=75)
މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ހަފުތާގައި އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާ ކޮށްފައިވާކަމަށް އެކުންފުނީގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 9 އިން 15 އަށް، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުން ވެސް ކޮންޓެރިނަރ ވަނީ ކްލިއާ ކޮށްފައެވެ. އެގޮތުން، 1312 ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި، 343 އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 'ކޮންސައިންމަންޓްސް' ނުވަތަ ވިއްކުމުން ފައިސާ ދައްކާ ގޮތަށް ބަހައްޓާ މުދާ ހިމެނެއެވެ.
މި މުއްދަތުގެ ތެރޭގައި ކްލިއަރެންސް ދިން މިންވަރަށް ބަލާއިރު ޖުމުލަ 40،275.52 ޓަނުގެ މުދާ ކްލިއާ ކޮށްފައިވެއެވެ. އެގޮތުން ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 38،088.37 ފްރައިޓް ޓަން ވަނީ ކްލިއާ ކޮށްފައެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2187.15 ފްރައިޓް ޓަންގެ މުދާ ވަނީ ކްލިއާ ކޮށްފައެވެ.
މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ ހަފުތާގައި އައި ބޯޓުފަހަރުގެ އަދަދަށް ބަލާއިރު ކޮންޓެއިނަރ އުފުލާ 1 ބޯޓާއި، އާންމު މުދާ އުފުލާ 4 ބޯޓު އައިސްފައިވެއެވެ. ފުރި އުޅަނދުތަކަށް ބަލާއިރު، ކޮންޓެއިނަރ އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 3 ބޯޓު މާލޭ ވިޔަފާރި ބަނދަރުން ފުރާފައިވެއެވެ.
ކޮންޓެއިނަރުގެ ތަފާސްހިސާބަށް ބަލާއިރު ބޭލި ކޮންޓެއިނަރުގެ އަދަދަކީ، 766 އެވެ. އަދި ބޭރުކުރި ކޮންޓެއިނަރުގެ އަދަދަކީ، 1287 އެވެ. ޖުމްލަ އޮޕަރޭޝަންއަކީ 2053 ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation
މިދިޔަ ހަފުތާގެ ތެރޭގައި މޭވާއާއި ތަރުކާރީ ފަދަ އަވަހަށް ހަލާކުވާ މުދަލުގެ 62،092 ޕެކޭޖުވަނީ ކުލިއާ ކޮށްފައެވެ.
އެންމެ ގިނައިން ކުލިއަރކުރި އަސާސީ ކާބޯތަކެތީގެ ބާވަތްތައް:
* ބިސް: 17،097 ކޭސް
* ފިޔާ: 10،836 ބަސްތާ
* ކަރާ: 7،311 ކޭސް
* އަލުވި: 6،575 ބަސްތާ
* ޓޮމާޓޯ: 4،877 ކޭސް

-01.jpg&w=3840&q=75)
