logo
MPL

MPL

ޚަބަރު

ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެމްޕީއެލުން އޭޖެންޓުންނާއި ޑްރައިވަރުންނާ އެކު މަޝްވަރާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޯގަސްޓު 2026 - 03:33
ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެމްޕީއެލުން އޭޖެންޓުންނާއި ޑްރައިވަރުންނާ އެކު މަޝްވަރާކޮށްފި

މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ ބޮޑު ބައެއް ތިލަފުއްޓަށް އަންނަ އަހަރު ބަދަލުކުރަން ނިންމާފައިވާތީ، ޕޯޓުގެ ހިދުމަތް ހޯދާ އޭޖެންޓުންނާއި ޑްރައިވަރުންނާ އެކު އޭގެ ކުރިން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ބައްދަލުވުމެއް ބާއްވައިފިއެވެ.

އެމްޕީއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިހާރު ކުރިއަށް ގެންދާ ޕޯޓް ރީލޮކޭޝަން ޕްރޮޖެކްޓުގެ ކަންކަމުގައި ކަމާގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާ ހޯދުމުގެ ގޮތުން ލޮރީ ޑްރައިވަރުންނާއި ކްލިއަރިން އެޖެންޓުންނާ ބައްދަލުކޮށް، އެ ޕްރޮޖެކްޓާ ބެހޭ ގޮތުން މަޝްވަރާކޮށް އެ ފަރާތްތަކުގެ ހިޔާލާއި ފީޑްބެކް ހޯދާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލީ ތިލަފުށީ ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ހިއްސާކުރުމަށާއި އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އާ ޕޯޓުގެ ހިދުމަތްތަކަށް ބަދަލުވުމާ ގުޅޭ ގޮތުން ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ 80 ޕަސެންޓް ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވަނީ ވިދާޅުވެފައެވެ. ޕޯޓު ހިދުމަތްތަކުގެ ބޮޑު ބައެއް ތިލަފުއްޓަށް ބަދަލުކުރި ނަމަވެސް، ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނީ މާލޭގެ އެތެރެއަށް ދަތިނުވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެއް ކަމަށާއި އަދި އަމިއްލަ ވިޔަފާރިތަކަށް ވެސް ބޮޑެތި ލުއިތަކެއް ދީގެން ތިލަފުއްޓާއި މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ޕޯޓް ހިންގާ ސަރަހައްދުތަކުގައި ފިހާރަތައް ހުޅުވުމުގެ ހުރިހާ ކަމެއް މަގުފަހިކޮށްދޭނެ ކަމަށެވެ.

މާލޭގެ ވިޔަފާރި ބަނދަރު ނުވަތަ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެމްޕީއެލުން އޭޖެންޓުންނާއި ޑްރައިވަރުންނާ އެކު މަޝްވަރާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން  އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ހަދަން ހަވާލުކޮށްފިޚަބަރު | 25 ދުވަސް ކުރިންއެމްޕީއެލްއިން ހަފްތާއެއްގެ ތެރޭ 1800 ކޮންޓެއިނަރ ކްލިއަރ ކޮށްފިވިޔަފާރި | މަހެއް ކުރިންނޯތު ހާބަރުގައި ވަކި ކިއުއެއް ހަދާގޮތަށް، އެމްޕީއެލްއިން އުސޫލަށް ބަދަލުތަކެއް ގެނެސްފިވިޔަފާރި | މަހެއް ކުރިން