އެމްޕީއެލްއިން ހަފްތާއެއްގެ ތެރޭ 1800 ކޮންޓެއިނަރ ކްލިއަރ ކޮށްފި
19 ޖުލައި 2026 - 13:34

މިދިޔަ ހަފްތާގައި 1804 ކޮންޓެއިނަރ ކްލިއަރ ކޮށްފައވާކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް( އެމްޕީއެލް) ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ކުންފުނިން މިއަދު އާންމުކުރި ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 12 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ވިޔަފާރި ބަނދަރަށް މުދާ ހިފައިގެން އައި ބޯޓުފަހަރުގެ އޮޕަރޭޝަންތައް ވަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށް ޖެންގޮސްފަ އެވެ. އެގޮތުން ކްލިއަރެންސް ދިން މުދަލުގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 1،453 ކޮންޓެއިނަރަކާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން 351 ކޮންޓެއިނަރެއް ހިމެނެ އެވެ.

Ad by Hajj Corporation
މިއީ ބަރުދަނަށް ބަލާނަމަ ކޮންޓެއިނަރު ބޯޓުފަހަރުން 41،753.59 ފްރައިޓް ޓަނުގެ މުދަލެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2،179.98 ފްރައިޓް ޓަނު ވަނީ ކްލިއާކޮށްފައެވެ.
މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ ހަފްތާގައި އައި ބޯޓުފަހަރުގެ އަދަދަށް ބަލާއިރު ކޮންޓެއިނަރ އުފުލާ 3 ބޯޓު އަދި އާންމު މުދާ އުފުލާ 3 ބޯޓު ވަނީ އައިސްފަ އެވެ. ބަނދަރުން ފުރި އުޅަނދަށް ބަލާއިރު ކޮންޓެއިނަރ އުފުލާ 4 ބޯޓު އަދި އާންމު މުދާ އުފުލާ 4 ބޯޓުވަނީ މާލޭ ވިޔަފާރި ބަނދަރުން ފުރާފަ އެވެ.
ތަފސްހިސާބަށް ބަލާއިރު ބޭލި ކޮންޓެއިނަރުގެ އަދަދަކީ 2،028 އެވެ. އަދި ބޭރުކުރި ކޮންޓެއިނަރުގެ އަދަދަކީ 1730 އެވެ. އެގޮތުން ޖުމްލަ އޮޕަރޭޝަންއަކީ 3،758 ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެމްޕީއެލް އިން ކްލިއަރ ކޮށްފައިވާ ކޮންޓެއިނާތަކުގެ ތެރޭގައި އެންމެ ގިނައީ އަސާސީ ކާބޯތަކެކެތީގެ ތެރެއިން ފިޔާ އަދި ބިހެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ކްލިއަރކޮށްފައިވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް:
* ބިސް: 15،530 ކޭސް
* ފިޔާ: 15،821 ބަސްތާ
* ދޮންކެޔޮ: 2،112 ކޭސް
* އަލުވި: 4،673 ބަސްތާ
* ޓޮމާޓޯ: 3،614 ކޭސް
ވިޔަފާރި ބަނދަރު މެދުވެރިކޮށް ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


