logo
MPL

MPL

ޚަބަރު

މާލޭ ވިޔަފާރި ބަނދަރުން ސެޕްޓެމްބަރުގައި ފުޅާ އޮޕަރޭޝަނެއް، 1.7 ލައްކަ ޓަނުގެ މުދާ ކްލިއާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 އޮކްޓޯބަރު 2026 - 16:27
މާލޭ ވިޔަފާރި ބަނދަރުން ސެޕްޓެމްބަރުގައި 1.7 ލައްކަ ޓަނުގެ މުދާ ކްލިއާކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭ ވިޔަފާރި ބަނދަރުން މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް 178،197 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިދިޔަ މަހު ކްލިއާކުރި މުދަލުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކާބޯތަކެތީގެ މުހިންމު ބާވަތްތައް ކަމަށްވާ ބިހާއި ފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި އާންމު މުދާ އުފުލާ ބޯޓުފަހަރުން ވެސް ވަނީ ގިނަ އަދަދަކަށް މުދާ ކްލިއާކޮށްފައެވެ. އެގޮތުން ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 5،673 ކޮންސައިންމަންޓާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 1،667 ކޮންސައިންމަންޓް ކްލިއާކޮށްފައިވެއެވެ. މީގެ ތެރޭގައި ވިއްކުމުން ފައިސާ ދައްކާ އުސޫލުން ގެނެސްފައިވާ މުދާ ހިމެނެއެވެ.

މިދިޔަ މަހު މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު އުފުލާ 14 ބޯޓަކާއި އާންމު މުދާ އުފުލާ 26 ބޯޓު ބަނދަރުކޮށްފައިވެއެވެ. އަދި އޮޕަރޭޝަން ނިންމުމަށްފަހު ކޮންޓެއިނަރު އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 6 ބޯޓު ވަނީ ފުރާފައެވެ. މީގެއިތުރުން ކޮންޓެއިނަރުގެ އަދަދުތަކަށް ބަލާއިރު، އަންލޯޑެޑް ޓީއީޔޫގެ ގޮތުގައި 7،139 އަދި ލޯޑެޑް ޓީއީޔޫގެ ގޮތުގައި 7،386 ރެކޯޑްކުރެވިފައިވާއިރު، ޖުމްލަ ތްރޫޕުޓް ޓީއީޔޫ ވަނީ 14،525 އަށް އަރާފައެވެ.

އާންމު ބޭނުންތަކަށް އެތެރެކުރި ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ކްލިއާކުރި މުދަލުގެ ތަފްސީލަށް ބަލާއިރު ހިމެނެނީ:

ބިސް: 77،595 ކޭސް

ފިޔާ: 41،122 ބަސްތާ

ކަރާ: 39،582 ކޭސް

އަލުވި: 23،610 ބަސްތާ

ޓޮމާޓޯ: 17،102 ކޭސް

މާލޭ ވިޔަފާރި ބަނދަރަށް ބާރުބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިލަފުށީ ބަނދަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށުމެވެ. މި ބަދަލާއެކު އެމްޕީއެލްގެ ޕޯޓް އޮޕަރޭޝަންތައް މިހާރަށްވުރެ ބޮޑަށް ހަލުވިވެ، މުދާ ކްލިއާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭ ވިޔަފާރި ބަނދަރުން މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް 178،197 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިދިޔަ މަހު ކްލިއާކުރި މުދަލުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކާބޯތަކެތީގެ މުހިންމު ބާވަތްތައް ކަމަށްވާ ބިހާއި ފިޔާއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި އާންމު މުދާ އުފުލާ ބޯޓުފަހަރުން ވެސް ވަނީ ގިނަ އަދަދަކަށް މުދާ ކްލިއާކޮށްފައެވެ. އެގޮތުން ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 5،673 ކޮންސައިންމަންޓާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 1،667 ކޮންސައިންމަންޓް ކްލިއާކޮށްފައިވެއެވެ. މީގެ ތެރޭގައި ވިއްކުމުން ފައިސާ ދައްކާ އުސޫލުން ގެނެސްފައިވާ މުދާ ހިމެނެއެވެ.

 

މިދިޔަ މަހު މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު އުފުލާ 14 ބޯޓަކާއި އާންމު މުދާ އުފުލާ 26 ބޯޓު ބަނދަރުކޮށްފައިވެއެވެ. އަދި އޮޕަރޭޝަން ނިންމުމަށްފަހު ކޮންޓެއިނަރު އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 6 ބޯޓު ވަނީ ފުރާފައެވެ. މީގެއިތުރުން ކޮންޓެއިނަރުގެ އަދަދުތަކަށް ބަލާއިރު، އަންލޯޑެޑް ޓީއީޔޫގެ ގޮތުގައި 7،139 އަދި ލޯޑެޑް ޓީއީޔޫގެ ގޮތުގައި 7،386 ރެކޯޑްކުރެވިފައިވާއިރު، ޖުމްލަ ތްރޫޕުޓް ޓީއީޔޫ ވަނީ 14،525 އަށް އަރާފައެވެ.

 

އާންމު ބޭނުންތަކަށް އެތެރެކުރި ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ކްލިއާކުރި މުދަލުގެ ތަފްސީލަށް ބަލާއިރު ހިމެނެނީ:

 

ބިސް: 77،595 ކޭސް

ފިޔާ: 41،122 ބަސްތާ

ކަރާ: 39،582 ކޭސް

އަލުވި: 23،610 ބަސްތާ

ޓޮމާޓޯ: 17،102 ކޭސް

 

މާލޭ ވިޔަފާރި ބަނދަރަށް ބާރުބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިލަފުށީ ބަނދަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށުމެވެ. މި ބަދަލާއެކު އެމްޕީއެލްގެ ޕޯޓް އޮޕަރޭޝަންތައް މިހާރަށްވުރެ ބޮޑަށް ހަލުވިވެ، މުދާ ކްލިއާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ވިޔަފާރި ބަނދަރުން ސެޕްޓެމްބަރުގައި 1.7 ލައްކަ ޓަނުގެ މުދާ ކްލިއާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއެމްޕީއެލްއިން ސެޕްޓެމްބަރު މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ މުދާ ކްލިއަކުރިޚަބަރު | 4 ގަޑިއިރު ކުރިންއެމްޕީއެލްއިން މިދިޔަ ހަފުތާ އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާ ކޮށްފައިވޭވިޔަފާރި | 2 މަސް ކުރިންޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެމްޕީއެލުން އޭޖެންޓުންނާއި ޑްރައިވަރުންނާ އެކު މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިން