logo
MPL

MPL

ޚަބަރު

އެފްސީއެލް ކޮންޓޭނަރ ކްލިއަރކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓަރމިނަލަށް ބަދަލުކޮށްފި

އައިޝަތު އިނާޝާ
27 އޮކްޓޯބަރު 2026 - 14:20
އެފްސީއެލް ކޮންޓޭނަރ ކްލިއަރކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓަރމިނަލަށް ބަދަލުކޮށްފި

ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއަރކުރާ "ފުލް ކޮންޓޭނަރ ލޯޑް" (FCL) ކޮންޓޭނަރތައް ކްލިއަރކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓަރމިނަލް (ޓީ.ސީ.ޓީ) އަށް ބަދަލުކޮށް، އެ ޓަރމިނަލްގައި މިއަދު އެ ޚިދުމަތް ފަށައިފިއެވެ.

ތިލަފުށީގައި މި ޚިދުމަތް ފެށީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެން ތިލަފުށީގައި ހެދި 100 މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައެވެ. މިއީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ތިލަފުއްޓަށް ބަދަލުކުރެވުނު ފުރަތަމަ އޮޕަރޭޝަނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ ފުރަތަމަ މި ފެށީ "ޑައިރެކްޓް ޑެލިވަރީ" (ޑީ.އާރް)ގެ ގޮތުގައި "FCL" ކޮންޓޭނަރ ކަނޑުމަގުން ކްލިއަރކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓޭނަރ ބޭލުމުގެ ޚިދުމަތެވެ. އެހެން ނަމަވެސް، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީ.އާރްގެ ގޮތުގައި މީގެ ފަހުންވެސް މާލޭ ވިޔަފަރި ބަނދަރު އަދި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލް އިން ކްލިއަރކުރެވޭނެއެވެ.

މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންޓޭނަރގެ ތެރެއިން، ބޮޑުބައެއް ކްލިއަރކުރަނީ ކަނޑުމަގުންނެވެ. އަދި މީގެ ތެރޭގައި ގިނައީ “FCL” ކޮންޓޭނަރެވެ. މި ވަގުތު ޑީ.އާރްގެ ގިނަ ކޮންޓޭނަރތައް ކަނޑުމަގުން ކްލިއަރކުރަނީ ހުޅުމާލެ ޓަރމިނަލްއިންނެވެ. މި އޮޕަރޭޝަންސްތައް ތިލަފުއްޓަށް ބަދަލުކުރުމަކީ ހުޅުމާލެ ޓަރމިނަލްގެ ލޯކަލް ކީވޯލްގެ އޮޕަރޭޝަންތަކަށް ލިބޭނެ ލުއިކަމެކެވެ.

caa06238-37df-4ab4-886e-0a18cee3c6b5.jpg

އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީގް ވިދާޅުވީ ކާގޯ ކްލިއަރަންސްގެ ޚިދުމަތެއް ތިލަފުއްޓަށް ބަދަލުކުރުމަށް އެމް.ޕީ.އެލްގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތެއް ކުރި ކަމަށެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރެއްވިއެވެ.

ސީ.އީ.އޯ ޝަފީގް ވިދާޅުވީ ތިލަފުށީގައި ކުރިއަށް އޮތް ތަނުގައި "ލެސް ދެން ކޮންޓޭނަރ ލޯޑް" (LCL)ގެ ގޮތުގައި ގެންނަ ކާގޯ ކްލިއަރކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މި ވަގުތު ކުރިއަށް އެބަދެއެވެ. ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ދަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.  މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރެޭގައި މުޅިން ނިންމާލެވޭނެއެވެ. 

އަދި މީގެ އިތުރުން، 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ފަށައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްސީއެލް ކޮންޓޭނަރ ކްލިއަރކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓަރމިނަލަށް ބަދަލުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމާލޭ ވިޔަފާރި ބަނދަރުން ސެޕްޓެމްބަރުގައި 1.7 ލައްކަ ޓަނުގެ މުދާ ކްލިއާކޮށްފިޚަބަރު | 10 ދުވަސް ކުރިންއެމްޕީއެލްއިން ސެޕްޓެމްބަރު މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ މުދާ ކްލިއަކުރިޚަބަރު | 10 ދުވަސް ކުރިންއެމްޕީއެލްއިން މިދިޔަ ހަފުތާ އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާ ކޮށްފައިވޭވިޔަފާރި | 2 މަސް ކުރިން