އެމްޕީއެލްގެ ބޯޑަށް އާދަމް ޢަޡީމް ޢައްޔަންކުރައްވައިފި
13 ނޮވެމްބަރު 2026 - 15:03

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރެއްގެ މަޤާމަށް އާދަމް ޢަޡީމް ޢައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓިޒޭޝަން އެންޑް ކޯޕަރެޓިޒޭޝަން ބޯޑު (ޕީސީބީ) އިން މި ބަދަލު ގެނައުމާ ގުޅިގެން، އެ ކުންފުނީގެ ބޯޑުގެ ޖުމްލަ މެންބަރުންގެ ޢަދަދު ވަނީ 8 އަކަށް އަރާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބޯޑު ލީޑުކުރައްވަނީ ޗެއާރޕަރސަން އަމީނާތު ޙަމީދު ކަމަށްވާއިރު، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރަކީ ކެޕްޓަން ޙުސައިން ޝަފީޤެވެ. އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކީ މުޙައްމަދު ލަމްޢާންއެވެ.
އާދަމް ޢަޡީމަކީ މީގެ ކުރިން ދައުލަތުގެ މުހިންމު ދާއިރާތަކެއްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިތުރުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުކަންވެސް އެމަނިކުފާނު ފުރުއްވާފައިވެއެވެ.
ކަނޑުދަތުރުފަތުރާއި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޤާނޫނީ އަދި ސަލާމަތީ ތަޖުރިބާ ހުރި ބޭފުޅަކު މި މަޤާމަށް އައްޔަންކުރުމަކީ، އެމްޕީއެލްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެ ބޮޑު ބަދަލެއްކަން ފާހަގަކުރެވެއެވެ.

-01.jpg&w=3840&q=75)
