logo
MPL

MPL

ޚަބަރު

ތިލަފުޓަށް ޕޯޓު ބަދަލުވުމުން، ނޯތު ހާބަރުގެ ޖާގައިގެ ދަތި ކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ: އެމްޕީއެލް

އަޙުމަދު ރިޝާން
10 ނޮވެމްބަރު 2026 - 12:49
ތިލަފުޓަށް ޕޯޓު ބަދަލުވުމުން، ނޯތު ހާބަރުގެ ޖާގައިގެ ދަތި ކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ: އެމްޕީއެލް

މާލޭ ނޯތު ހާބަރުގައި މުދާ އުފުލާ ބޯޓުފަހަރަށް ދިމާވަމުންދާ ޖާގައިގެ ދަތިތަކާއި ތޮއްޖެހުމުގެ މައްސަލައަށް، ތިލަފުށީ ޕޯޓުގެ މަސައްކަތް ނިމުމުން ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

މުދާ އުފުލާ ބޯޓުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް އެމްޕީއެލް ހާޒިރުކޮށްފައިވަނީ އެކަމާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި ނޯތު ހާބަރަށް ބޯޓު ވަނުމަށް ގިނަ ދުވަސް ހޭދަވުމާއި ދޯނިފަހަރަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގު ވިދާޅުވީ، ނޯތު ހާބަރުގައި މިހާރު އޮތް ޖާގައަކީ އެކަށީގެންވާ ޖާގައެއް ނޫން ކަމަށެވެ. ނަމަވެސް ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުވުމާއެކު 2.3 ކިލޯމީޓަރުގެ ކީވޯލްއެއް އެތަނުގައި ލިބިގެންދާނެކަން ފާހަގަކުރައްވައި، މިއީ މުދާ ގެންދިއުމުގައި ދިމާވާ ދަތިތަކަށް އަންނާނެ އިންގިލާބީ ބޮޑު ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޯތު ހާބަރުގެ ސެކްޝަން މެނޭޖަރު މުހައްމަދު އަޒަރު ވިދާޅުވީ، ނޯތު ހާބަރަށް ކޮންމެ މަހަކުވެސް އާ ބޯޓުތައް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ނޯތު ހާބަރުގެ މަސައްކަތް ފެށީ 80 ބޯޓާއެކު ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 149 އަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަޅު އިތުރަށް ބޮޑުނުވި ނަމަވެސް ކޮންމެ އަހަރަކު 25 އާއި 34 އާ ދެމެދުގެ އަދަދަކަށް ބޯޓު އިތުރުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ތޮއްޖެހުން ކުޑަކުރުމަށް ގަވާއިދު އިސްލާހުކޮށްފައިވާ ކަމަށާއި، ބޯޓުފަހަރަށް އެންމެ ފަސޭހައީ ކޮން ގޮތެއްތޯ ބެލުމަށް 104 ބޯޓެއްގެ މީހުންނާ މަޝްވަރާކޮށްމ ސާވޭއެއްވ ެސް ކޮށްފައިވާ ކަމަށް އެމްޕީއެލްއިން މައުލޫމާތުދެ އެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަފުޓަށް ޕޯޓު ބަދަލުވުމުން، ނޯތު ހާބަރުގެ ޖާގައިގެ ދަތި ކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ: އެމްޕީއެލްޚަބަރު | 38 މިނިޓު ކުރިންއެމްޕީއެލް އިން މިދިޔަ ހަފުތާ އެކަނި، ދެހާހާ ގާތްކުރާ އަދަދަކަށް މުދާ ކްލިއާ ކޮށްފިޚަބަރު | 8 ދުވަސް ކުރިންއެފްސީއެލް ކޮންޓޭނަރ ކްލިއަރކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓަރމިނަލަށް ބަދަލުކޮށްފިޚަބަރު | 14 ދުވަސް ކުރިންމާލޭ ވިޔަފާރި ބަނދަރުން ސެޕްޓެމްބަރުގައި 1.7 ލައްކަ ޓަނުގެ މުދާ ކްލިއާކޮށްފިޚަބަރު | 24 ދުވަސް ކުރިން