ތިލަފުށީ ބަނދަރުގެ ޖޫރިމަނާ މާދަމާ އަލުން ނަގަން ފަށަނީ
15 ނޮވެމްބަރު 2026 - 13:29

ތިލަފުށީ ބަނދަރުގައި ބަހައްޓާ ކޮންޓެއިނަރުތަކުން ނަގަމުންއައި ޑެމަރޭޖް ނުވަތަ ޖޫރިމަނާ ފީ، މިއަދުން ފެށިގެން އަލުން ނަގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ނިންމާފައެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން، އޮކްޓޯބަރު 27 އިން ފެށިގެން ނޮވެންބަރު 14ގެ ނިޔަލަށް މި ޖޫރިމަނާ ނެގުން އޮތީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ނަމަވެސް، ހިދުމަތްތައް ބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން، ނޮވެންބަރު 15 ވަނަ ދުވަހުން ފެށިގެން ފުލް ކޮންޓެއިނަރ ލޯޑް (އެފް.ސީ.އެލް) ކޮންޓެއިނަރުތަކުން އަލުން އެ ފީތައް ނަގަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި މުއްދަތަށްފަހު އަލުން ނަގަން ހަމަޖެހިފައިވާ ރޭޓުތަކަށް ބަލާއިރު، ޖީ.އެސް.ޓީ ނުހިމަނައި 20 ފޫޓުގެ ކޮންޓެއިނަރަކުން ދުވާލަކަށް 1,500.00 ރުފިޔާ ނަގާނެއެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން ދުވާލަކަށް 3,000.00 ރުފިޔާގެ މަގުން ޖޫރިމަނާ ފީ ނަގާނެ ކަމަށް އެމްޕީއެލްގެ ނޫސްބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، ހިދުމަތްތައް ފުޅާކުރުމަށްޓަކައި މުދާ ކްލިއަރ ކުރުމުގެ އަމަލީ މަސައްކަތްތައް ތިލަފުށީ ކާގޯ ޓާމިނަލަށް ބަދަލުކުރަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ ހިދުމަތެއް އެއްކޮށް ތިލަފުށްޓަށް ބަދަލުކޮށް ނިންމުމެވެ.
ރާއްޖޭގެ މެރިޓައިމް ސިނާޢަތް ޒަމާނީކޮށް، ވިޔަފާރިވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެމްޕީއެލްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ތިލަފުށީ ބަނދަރުގެ އޮޕަރޭޝަންތައް ފުޅާވަމުންދާއިރު، މުދާ ބޭލުމާއި ކްލިއަރ ކުރުމުގެ ކަންކަން އިތުރަށް ހަލުވިކުރުމަށް އެ ކުންފުނިން ހާއްސަ އިސްކަމެއްދެއެވެ.

-01.jpg&w=3840&q=75)
