logo
Bank of Maldives

Bank of Maldives

ޚަބަރު

ކިނޮޅަހުގައި ކުކުޅު އާލާކުރަން ތައްޔާރުވެއްޖެ

އިސްމާޢިލް ރާތިޢު
21 ނޮވެމްބަރު 2025 - 10:34
ކިނޮޅަހުގައި ކުކުޅު އާލާކުރަން ތައްޔާރުވެއްޖެ

ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި ކިނޮޅަހު ކައުންސިލާ ގުޅިގެން ވިޔަފާރި އުސޫލުން ކުކުޅު ގެންގުޅުމަށް ހާއްސަ ޕްރޮގްރާމެއް ރ. ކިނޮޅަހުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ކިނިޅަހު ކައުންސިލުގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވީ ކިނޮޅަހަކީ އަބަދުވެސް ކުކުޅު ގިނަ ރަށެއްކަމަށާއި ޒަމާނުންސުރެއް އާންމުން ރަށުގައި ދޫކޮށްލައިގެން ގިނަ އަދަދަކަށް ކުކުޅު ގެންގުޅޭކަމަށެވެ. އަޚްމަދު ހުސެއިން ވިދާޅުވީ ޕޯލްޓަރީ ފާރމިންގެ މަސައްކަތަކީ ކިނޮޅަހުގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައިވެސް ހިމަނޭ ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ ޕޯލްޓަރީ ފާރމިން މަސައްކަތް ފެށުމަށް ރަށުގެ ލޭންޑްޔޫސް ޕްލޭން ހަދައި 20،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖައްސާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިން ސާފުކޮށް ޕްރޮގްރާމް ފެށުމަށް ވާންޖެހޭ ތައްޔާރުވަމުންދާއިރު، ރ. އަދި ބ އަތޮޅަކީ ގިނަ އަދަދަކަށް ރިސޯޓުތައް އޮންނަ ދެ އަތޮޅުކަމުން މި ޕްރޮގްރާމުން ރިސޯޓުތަކަށް ކުކުޅު ބިސް ފޯރުކޮށްދެވި އެކަމުގެ ނަފާ ލިބިގެންދާނެ ކަމަށް ހުސައިން ފާހަގަކުރެއްވިއެވެ.


ހުސެއިން ވިދާޅުވީ މި ޕްރޮގްރާމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ތެރޭ ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން، ޕޯލްޓަރީ ފާމަށް ބޭރު ޤައުމަކުން ފިޔޮއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އަމާޒަކީ މި މަސައްކަތް ފުޅާކޮށް، ރަށަށް ފައިދާކުރާނެ ގޮތަކަށް ކުރިއަށްގެންދިޔުން ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަމާބެހޭ ވުޒާރާގެ މާލީ އެހީތެރިކަމާއި ކައުންސިލްގެ ބަޖެޓުންވެސް ކޮންމެސް ވަރެއް ހިމަނައިގެން ކަމަށެވެ.

ދަނޑުވެރިކަމާ އެއްގޮތަށް ކުކުޅު އާލާކުރުން ނުވަތަ ޕޯލްޓަރީ ފާރމިންގގެ މަސައްކަތަކީ ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން ދަނޑުވެރިކަމަށް ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި ކުކުޅު ބިސް އުފައްދާ ކާރުޚާނާ ނުވަތަ ޕޯލްޓްރީ ފާރމެއް ހެދުމަށްވެސް އެ ވުޒާރާއިން ނިންމާފައި ވެއެވެ/

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޝަނަލް އެގްރިކަލްޗަރ ލެބޯޓްރީން ސަރަހައްދީ ފެންވަރުގައި ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އިރުޝާދު ފޯރުކޮށްދެވޭނެ: މިނިސްޓަރ ޚަބަރު | 3 ދުވަސް ކުރިންރޯދައަށް މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ގާއިމް ކުރަނީޚަބަރު | 13 ދުވަސް ކުރިން"ނޭޝަނަލް އެގްރޯފޮރެސްޓްރީ ޕޮލިސީ" ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިޚަބަރު | 20 ދުވަސް ކުރިންވާދޫ ގްރީން ފާމްއަކީ މުޅި ގައުމަށް ހުރި ނަމޫނާއެއް: މިނިސްޓަރޚަބަރު | 20 ދުވަސް ކުރިން