logo
E-Platinum
ކުޅިވަރު

ކޮލަމްބިއާ ބަލިކޮށް ބްރެޒިލް ކޮޕަ އެމެރިކާ ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
3 އޯގަސްޓު 2025 - 07:51
ކޮލަމްބިއާ ބަލިކޮށް ބްރެޒިލް ކޮޕަ އެމެރިކާ ކާމިޔާބުކޮށްފި

އަންހެނުންގެ ކޮޕާ އެމެރިކާގެ ފައިނަލުގައި ކޮލޮމްބިއާ ޕެނަލްޓީ ޝޫޓްއައުޓުން 5-4 އިން ބްރެޒިލް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. ކުއިޓޯގައި ކުޅުނު މި މެޗުގެ ގަވާއިދު ވަގުތު ނިމުނުއިރު ސްކޯރަކީ 4-4 އެވެ.

އިކުއެޑޯގައި ކުޅުނު މި މެޗުގައި ކޮލޮމްބިއާއިން ތިން ފަހަރު ލީޑު ނެގި ނަމަވެސް، ކޮންމެ ފަހަރަކުވެސް ބްރެޒިލުން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފައެވެ. މިމެޗުގެ 90 މިނެޓު ހަމަވިއިރު 3-3 އިން އެއްވަރުވެ ކުޅުނު އިތުރުވަގުތުގައި ދެޓީމުނެވެސް ވަނީ ގޯލެއް ޖަހާފައެވެ. މެޗު ނިމިގެންދިޔައީ 4-4 އިންނެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ ޝޫޓުއައުޓްގައި ބްރެޒިލް އިން ވަނީ ކޮލަމްބިއާގެ މައްޗަށް 4-5 އިން ކުރިހޯދާފައެވެ.

މިއީ ބްރެޒިލް އަންހެނުންގެ ކޮޕާ އެމެރިކާ ކާމިޔާބުކުރި 9 ވަނަ ފަހަރެވެ. 1991 ވަނަ އަހަރުން ފެށިގެން 10 އަހަރު އަންހެނުންގެ ކޮޕާ އެމެރިކާ ބާއްވާފައިވާއިރު، 2006 ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކުވެސް މިމުބާރާތް ކާމިޔާބުކޮށްފައިވަނީ ބްރެޒިލްގެ އަންހެން ޓީމެވެ. 2006 ގައި މިމުބާރާތް ކާމިޔާބުކުރީ އާޖެންޓީނާއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލަމްބިއާ ބަލިކޮށް ބްރެޒިލް ކޮޕަ އެމެރިކާ ކާމިޔާބުކޮށްފިކުޅިވަރު | ދުވަހެއް ކުރިން