logo
E-Platinum
ޚަބަރު

ގަލޮޅު މޯޗަރީ ހުޅުމާލެއަށް ބަދަލު ކުރަނީ

އަޙްމަދު ޒަލީފް
4 އޯގަސްޓު 2025 - 11:34
ގަލޮޅު މޯޗަރީ ހުޅުމާލެއަށް ބަދަލު ކުރަނީ

ގަލޮޅު މޯޗަރީ ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމާ، އެކަމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އެ އިމާރާތް އަޅާނީ ހުޅުމާލޭގައި މިހާރު ހިނަވާގެ ހުރި ސަރަޙައްދުގައިކަމަށާއި، އެ އިމާރާތުގައި މިހާރު ބޭނުންކުރާ މޯޗުރީގައި ހުރި ސިސްޓަމްތަކުގެ އިތުރުން، އިތުރު 4 ސިސްޓަމް އިތުކޮށް، ކެޕޭސިޓީ 10 އަށް އިތުރުކުރާނެ ކަމަށެވެ.

މިހާރު ބޭނުންކުރާ އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައެވެ. ދުވަސްވީ ވަސީލަތްތައް އެތަނުގައި ބޭނުންކުރަމުންދާއިރު، އެތަނުގެ ވަސީލަތްތައްވެސް މަރާމާތުކުރަންޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ، ހުޅުމާލެއަށް މޯޗަރީ ބަދަލުކުރަން ނިންމިނަމަވެސް، މިހާރުވެސް އިމާރާތުގައި މަރާމާތުކޮށް ރަނގަޅުކުރަން ހުރި ކަންކަންވެސް ރަނގަޅުކުރާނެކަމަށެވެ.

ގަލޮޅު ސަހަރާގައި 1975 ވަނަ އަހަރު ހިންގަން ފެށި މޯޗަރީއަކީ 50 އަހަރު ވެފައިވާ ތަނެކެވެ.

މިހާރު ބޭނުންކުރާ އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައެވެ. ދުވަސްވީ ވަސީލަތްތައް އެތަނުގައި ބޭނުންކުރަމުންދާއިރު، އެތަނުގެ ވަސީލަތްތައްވެސް މަރާމާތުކުރަންޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަލޮޅު މޯޗަރީ ހުޅުމާލެއަށް ބަދަލު ކުރަނީ ޚަބަރު | 6 ގަޑިއިރު ކުރިން