logo
Bank of Maldives

Bank of Maldives

ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

އާމިނަތު ޝަފާ
4 އޯގަސްޓު 2025 - 15:41
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އެމަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދެއްވާފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެޚަބަރު | 21 ގަޑިއިރު ކުރިންމެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތައް ހަމަޖައްސަވައިފިޚަބަރު | 6 ދުވަސް ކުރިންރައީސް އޮފީހުގެ ޔޫޓިއުބަށް ވީގޮތް ފުލުހުންގެ ސައިބާ ސެކިއުރިޓީން ބަލަނީ ޚަބަރު | މަހެއް ކުރިންޙާފިޡުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު، 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފިޚަބަރު | މަހެއް ކުރިން